ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް

18 ބައިވެރިންނާއެކު ރަފީގެ އެމްއޭސީސީ ލަންކާގައި ފަށައިފި

މުހައްމަދު އައުޒަމް

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތް ( ރަފީ ) ޖަމިއްޔާގެ މިލީނިއަމް ޔޫތް އެމްބަސަޑަރ ކޯޗިންގް ކޭމްޕް "އެމްއޭސީސީ" 18 ބައިވެރިންނާއެކު ލަންކާގައި ފަށައިފިއެވެ.

މިމަހުގެ 23 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މިލީނިއަމް ޔޫތް އެމްބަސަޑަރ ކޯޗިންގް ކޭމްޕް "އެމްއޭސީސީ" ގައި 18 މިލީނިއަމް ޔޫތު އެމްބަސަޑަރުންނާއި ނޮމިނޭޓުވި ތިން ޒުވާނުން ބައިވެރިވެއެވެ. މިބައިވެރިން ހޮވާފައި ވަނީ މިއަހަރުގެ އޮކްޓޯބަރ މަހުގައި ކުރިޔަށް ގެންދިޔަ މިލީނިޔަމް ޔޫތް ލީޑާސް ކޭމްޕްގެ 32 ޒުވާނުންގެ ތެރެއިން ހޮވާ ލެވުނު ޒުވާނުންގެ ތެރެއިންނެވެ.

މިލީނިއަމް ޔޫތް އެމްބަސަޑަރ ކޯޗިންގް ކޭމްޕް "އެމްއޭސީސީ" ގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް އެބައިވެރިންގެ ފަރާތުން ޒުވާން ޖީލަކަށް ނަމޫނާ ބަޔަކަށް ވާނެ ހުނަރުތަކާއި އުސޫލުތަކާއި ގޮތްތަކުގައި ހިފަހައްޓާނެ ގޮތް ދަސްކޮށްދިނުމެވެ. މިކޭމްޕްގައި ޒުވާނުންނާއި ގުޅޭ މުހިންމު ބައިތަކަކަށް އަލިއަޅުވާލާނެއެވެ.

މިކޭމްޕްގައި ފެސިލިޓޭޓް ކޮށްދެއްވާނީ ސިންގަޕޫރުގެ އެޑްސްޓާގެ އިތުރުން ސްރީލަންކާ އާއި ރާއްޖޭގެ ތަޖުރިބާކާރުންނެވެ.

މިލީނިއަމް ޔޫތް އެމްބަސަޑަރ ކޯޗިންގް ކޭމްޕްގެ މެއިން ސްޕޮންސަރ އަކީ އުރީދޫއެވެ. އަދި ގޯލްޑް ސްޕޮންސަރ އަކީ އެސްޓީއޯއެވެ.