މާލެ އިން އިންޑިޔާގެ ކޮޗިން އަށް ދަތުރުތައް ފެށުމަށް މޯލްޑިިވިއަން އިން ނިންމައިފިއެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވަން އަށް ވިދާޅުވީ، އެގޮތުން މާލެ އާއި ކޮޗިން އާއި ދެމެދު ހަފުތާއަކު ތިން ފްލައިޓް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ގައެވެ. މާލެ، ކޮޗިން ދެކޮޅު ޓިކެޓުގެ އަގަކީ 150 ޑޮލަރެވެ.
މީގެ ކުރިން މޯލްޑިވިއަން އިން ކޮޗިން އަށް ދަތުރުތައް ބާއްވަމުން އަންނަނީ ހަނިމާދޫން ކޮޗިން އަށް ދަތުރު ކުރެވޭ ގޮތަށެވެ.
ކޮޗިން އަށް ވަރަށް ގިނަ އަދަދެއްގެ ދިވެހީން ބޭސްފަރުވާއަށް ދެއެވެ.