މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

24 ގަޑި އިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގެ އުސޫލަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

3

24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށްޓަކައި އާންމުންގެ ހިޔާލަށް އިކޮނޮމިކް މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިމްޕޯޓް މުދަލުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެއްވެސް ހިޔާލެއް ހުޅަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން 29 ނޮވެމްބަރު 2018 ގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީ އަށް އީމެއިލް ކުރެއްވުމަށްވެސް ވަނީ އެދިފައެވެ.

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ވިޔަފާރިތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް އުސޫލުތަކެއް ކަނޑައަޅާ އެކަންތައް އިމްޕްލިމެންޓް ކުރުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި މީގެކުރީންވެސް ވަނީ 24 ގަޑިއިރު ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަށް ކަނޑައަޅާފައެވެ. އެގޮތަށް ވިޔަފާރިތައް 24 ގަޑިއިރު ހިންގުމަށް ކަނޑައަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟