މިއަހަރުގެ އުރީދޫ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ބާއްވާ އިންތިހާބުގައި ލާނީ އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫން ބުނީ، މި ގޮތަށް ވޯޓު ދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް އެއް ފަހަރު ވޯޓު ލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މީގެ ކުރިން އުރީދޫން ވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފައެވެ. އެބޭފުޅުންނަކީ:
- އިބްރާހީމް ފިރުޝާން
- އާއިޝަތު ހުސައިން މަނިކު
- އިބްރާހީމް ޝަރީފު މުހައްމަދު، އަދި
- ފަރީހާ ޝަރީފު އެވެ.
އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މާޗު މަހުގެ ދެވަނަ ދުވަހުގެ ރޭ 8:30ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައެވެ.