ސައުދު ހުސައިން

ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަކަށް މެންބަރު ސައުދު ކޯޓަށް ވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތަށް ވިލިގިލީ ދާއިރާގެ މެންބަަރު ސައުދު ހުސައިން ކޯޓަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަ މެންބަރުންގެ ފަރާތުން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސައުދުގެ މައްޗަށް ކުރެވޭ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަކަށް މެންބަރު ސައުދު މިވަގުތު އިންނެވީ ކުރިމިނަލް ކޯޓުގައި ކަމަށެވެ.

ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ މައްސަލައެވެ. އެމައްސަލައިގައި މިއަދު ބާއްވަނީ އިބުތިދާއީ އަޑުއެހުމެކެވެ.