ބޮލީވުޑް

ސުޕަ30 އިން ރިތިކަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިއްޖެ

1

މުމްބާއީގައި ބޭއްވި ދާދާސާހޭބް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ބަތަލު ރިތިކް ރޯޝަނަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިއްޖެއެވެ.

ރިތިކަށް މި އެވޯޑު ލިބިފައިވަނީ ފިލްމު "ސުޕަ30" ގައި އޭނާ ކުޅެފައިވާ ރޯލަށެެވެ.

ރިތިކަކީ އާންމުކޮށް ތަފާތު ރޯލު ކުޅޭ ބޮލީވުޑް އެއްތަރިއެވެ. އެގޮތުން "ޗޮކޮލެޓް ބޯއީ" ގެ ރޯލުތަކުން ފެށިގެން "އެކްޝަން ހީރޯ" ރޯލުތައްވެސް އޭނާ ވަނީ ކުޅެފައެވެ.

ސުޕާ30 އަކީ އިންޑިއާގެ އެންމެ މޮޅު މެތަމެޓިޝަން އާނަންދު ކުމާރުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އާނަންދު އިންޑިއާގައި ވިދާލީ ފަގީރު 30 ދަރިވަރުންނަށް ހިސާބު އުނގަންނައިދީ އެކުދިން (އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ) "އައިއައިޓީ" ޓެސްޓުގައި ބައިވެރިކޮށް ހުރިހާ ކުދިން އެ ޓެސްޓުން ފާސްވުމާ ގުޅިގެންނެވެ.

މި ފިލްމުގައި ރިތިކް ކުޅުނީ އާނަންދުގެ ކެރެކްޓަރެވެ. ރިތިކަށް ވަނީ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ބޮޑު ތަރުހީބެއްވެސް ލިބިގެން ގޮސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟