ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ކެމްޕެއިން އިފްތިތާހުކުރުން އަންނަ ހުކުރު ދުވަހު

އަހުމަދު އައުފް އަބްދުލް ސަމަދު

ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެމްޕެއިން އިފްތިތާހުކުރުން މިމަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

"މަގޭ ރާއްޖެ"ގެ ނަމުގައި ޕީޕީއެމްގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާ ބާއްވަނީ އަލިމަސް ކާނިވަލުގައެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާ އަށް އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ޕާޓީގެ ތާރީހުގައި ވެސް ތައްޔާރު ނުވާ މިންވަރަށް މިފަހަރުގެ އިންތިހާބަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކެމްޕެއިން އިފްތިތާހު ކުރާ ޖަލްސާގައި އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފު ކުރުން އޮންނާނެ ކަމަށާއި އެ ޕާޓީން ކަނޑައަޅާފައިވާ ފަސް ސިޔާސަތުވެސް އެ ޖަލްސާގައި އާންމުކުރާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

މީގެ އިތުރުން ކެމްޕެއިންގެ ބައެއްގެ ގޮތުގައި މި މަހުގެ 24އިން ފެށިގެން މާޗް މަހުގެ 21 އަށް އެ ޕާޓީގެ އިސް ބޭފުޅުން ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރައްވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.