ބޮލީވުޑް

އައިޝްވަރިޔާއާށް ގޭގައި ކިޔާ ނަން އިނގޭތަ؟

ރީތީގެ ރާނީ އަދި ސުޕާސްޓާ އައިޝްވަރިޔާ ރާއީ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އެންމެނަށް ވެސް އައިޝްވަރިޔާ އެނގެނީ އައިޝްވަރިޔާގެ ގޮތުގައި ނޫނީ އައިޝްގެ ގޮތުގައެވެ. ނަމަވެސް އައިޝްގެ ފަހަރި މިވަނީ ގޭގައި އޭނާއަށް މުހާތަބު ކުރާ ވަނަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އައިޝްގެ ކޮއްކޮގެ އަންހެނުން، ޝްރިމާ ރާއީ އޭނާގެ އިންސްޓަގްރާމު ގައި މި ދޭތެރެއަކުން ވަނީ "އާސްކް މީ އެނީތިންގް" ސެޝަނެއް ބާއްވާފައެވެ.

އެ ސެޝަނުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޝްރިމާ ބުނި ގޮތުގައި ގޭގައި އައިޝް އަކީ އެމީހުންގެ "ގުލު މާމީ" އެވެ. އެެހެންކަމުން އައިޝްއަށް ގޭގައި މުހާތަބް ކުރަނީ ގުލު މާމީގެ ނަމުންކަން މިވަނީ އެނގިފައެވެ.

އައިޝް މިވަގުތު ކުރަމުން އަންނަނީ "ފެނޭ ޚާން"ގެ ފިލްމުގެ މަސައްކަތެވެ. އެއަށް ފަހު އޭނާ ފެނިގެން ދާނީ ފިރިމީހާ އަބީޝެކްއާ އެކު ފިލްމް "ގުލާބް ޖާމުން" އިންނެވެ.