ބަތަލު ވަރުން ދަވަން ގެންދަނީ ގޯއާގައި ފިލްމު "ކޫލީ ނަންބަރު ވަން"ގެ ރީމޭކުގެ ޝޫޓިން ކުރިއަށްގެންދަމުންނެވެ.
ވަރުން ވަނީ އިއްޔެ ހެނދުނު ވެސް ބަތަލާ ސާރާ އާއި ވަރުންގެ ބައްޕަ އަދި ޑައިރެކްޓަރު ޑޭވިޑް ދަވަންއާއެކު ގޯއާގެ ބީޗުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށް ބުނެފައެވެ.
ވަރުންގެ ގޯއާ ދަތުރަށް ނިމުމެއް އައިސްފައިމިވަނީ އޭނާއަށް އަނިޔާވުމުންނެވެ. އޭގެ ސަބަބުން އޭނާގެ ފައިގެ ދަށްފުށުން ވަނީ ހަންގަނޑެއް ނެއްޓިފައެވެ. މި އަނިޔާ ވަރުންއަށް ލިބުނީ ކިހިނެއްކަން އޭނާ ހާމައެއް ނުކުރައެވެ.
ފިލްމު ކޫލީ ނަންބަރު ވަން ރިލީސްކުރަން ހަމަޖެހިފައިވަނީ މެއި އެކެއްގައެވެ. ފިލްމުގައި ބަތަލާގެ ރޯލުން ސާރާ އަލީ ޚާން ފެނިގެން ދެއެވެ. ފިލްމުގެ ޓްރެއިލާ މިމިއަދު ރިލީސްވާނެ ކަމުގެ އަޑުތައް ވެސް ވަނީ އަރައިފައެވެ.