އެއްވެސް މެޗަކުން ބަލިނުވެ ނެޝަނަލް ވުމެންސް ޗެސް ޗެމްޕިއަންޝިޕް، ހަވަނަ ފަހަރަށް ނިހާޔާ އަހްމަދު ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ހޯދި ނިހާޔާ ވަނީ 2014، 2015 ވަނަ އަހަރު ވެސް އެމުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި 2017، 2018 އަދި 2019 ވަނަ އަހަރުގެ ތަށި ވެސް ނިހާޔާ ވަނީ އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބު ކޮށްފައެވެ.
ޗެސް އިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނިހާޔާ ވަނީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށްދީފައެވެ. ނިހާޔާ ޗެސް ކުޅެންފެށީ އުމުރުން 12 އަހަރުގައެވެ.
މިއަހަރުގެ މުބާރާތުގައި 16 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ނިހާޔާ މުބާރާތް ކާމިޔާބުކުރީ ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެގެންނެވެ. މިމުބާރާތުގެ ދެވަނަ މަރްޔަމް ލައިސާ އަބްދުލްރަޝީދު ހޯދާފައިވާއިރު، ތިންވަނަ ހޯދީ އައިޝަތު އަލްޔާ މުހައްމަދު ޝަރީފެވެ.
ރޭ އޮތް، މުބާރާތް ނިންމުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތުން ކާމިޔާބީތައް ހޯދި ފަރާތްތައް އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 44 ވަނަ ވޯލްޑް ޗެސް އޮލިމްޕެއިޑް 2020 ގައި ބައިވެރިކުރުމަށް ވަނީ ހަމަޖައްސާފައެވެ.