ބަތަލާ ބިޕާޝާ ބާސޫ އަދި ބަތަލު ކަރަން ގްރޯވަރު ރާއްޖޭގައި އަނެއްކާވެސް ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
މިދެމަފިރީން އެކީގައި ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން ރާއްޖެއަށް އާދެއެވެ.
އެގޮތުން ބިޕާޝާ އާއި ކަަރަން މިއަހަރު ފެށީވެސް ރާއްޖޭގައެވެ. މިއީ މިއަހަރު މިދެމަފިރިން ރާއްޖެ އައި ދެވަނަ ފަހަރެވެ.
ހެރިޓެންސް އާރަށުގައި ދެތަރިން ތިބި އިރު ބިޕާޝާ އާއި ކަރަން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް މީސް މީޑިއާގައި ހިއްސާކުރަމުންނެވެ.
ބިޕާޝާ އާއި ކަރަން ކައިވެނި ކުރީ 2016 އޭޕްރިލް 30ގައެވެ.
މިއަހަރު ރާއްޖެއަށް އިންޑިއާގެ ފަތުރުވެރިން އައި އަދަދު ވަނީ 83.5 ޕަސެންޓް އިތުރުވެފައެވެ. ރާއްޖެއަކީ ބޮލީވުޑް ތަރިންގެ މެދުގައިވެސް މަގުބޫލު ޑެސްޓިނޭޝަނެކެެވެ.