އޭއެފްސީ ކަޕް

އޭއެފްސީ ކަޕްގެ ޕްލޭއޯފް: މާޒިޔާ 2-1 ބެންގަލޫރު (ފުލްޓައިމް)

20 Feb 03:53

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެން.

20 Feb 03:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

20 Feb 03:47

89' މާޒިޔާގެ ފަހު ބަދަލު. ކޯނެލިއަސްގެ ބަދަލުގައި ކުޅެން ނުކުތީ އަމްދާން އަލީ (އެންޑީ).

20 Feb 03:42
20 Feb 03:40

81' މާޒިޔާ އިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިހާން (ނިހާޓު).

20 Feb 03:38

79' މާޒިޔާ އިން އަލުން ލީޑު ހޯދައިފި. ހަމްޕު ދިން ރީތި ބޯޅައަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ ކޯނެލިއަސް ސްޓެވާޓް. ޕެނަލްޓީ އޭރިއާ ތެރެއިން ކޯނެލިއަސް ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރުގެ ގޯލުގެ ތިރީ ކަނަކަށް. ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

20 Feb 03:37
20 Feb 03:36

78' ޔާމްބެއަށް ކުރި ފައުލަކާ ގުޅިގެން ބެންގަލޫރުގެ އާޝިގީއަށް ރީނދޫ ކާޑެއް.

20 Feb 03:32
20 Feb 03:31

72' މާޒިޔާއަށް ފުރުސަތެއް. ހަމްޕު ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޝާރިފް ފޮނުވާލި ހަމަލާ ބެންގަލޫރުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Feb 03:29

70' ބެންގަލޫރުން ނަތީޖާ ހަމަހަމަކޮށްފި. މާޒިޔާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނީލީ. އޭނާގެ ޕެނަލްޓީ އަމާޒުކޮށްލީ މާޒިޔާ ގޯލުގެ ތިރީ ކަނަކަށް.

20 Feb 03:28

69' ބެންގަލޫރަށް ޕެނަލްޓީއެއް. މި ޕެނަލްޓީއަކީ ޑިޝޯން ބްރައުނަށް މާޒިޔާގެ ޕީޓާ އާއި ޝާރިފް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް.

20 Feb 03:25
20 Feb 03:22

64' މާޒިޔާ އިން ލީޑު ހޯދައިފި. އައިސަމް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރުގެ ގޯލުގެ ތިރީ ކަނަކަށް.

20 Feb 03:21

62' ބެންގަލޫރުގެ ނުރައްކާތެރި ހަމަލާއެއް. ސަޓިޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕާޓަލޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ހުރަސްދަނޑިއަށް.

20 Feb 03:18

30' ބެންގަލޫރުން ބަދަލެއް. އޮގަސްޓިންގެ ބަދަލުގައި ކުޅެން ނުކުތީ އުދަންތާ ސިންގް.

20 Feb 03:13

54' ބޯޅަ ހިފައިގެން ކުރިއަށް ގޮސް ހަމްޕު ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ލިބުމުގެ ކުރިން ބެންގަލޫރުގެ ޑިފެންޑަރުން ދިފާއުކޮށްފި.

20 Feb 03:08

50' އައިސަމް ނަގައިދިން ހިލޭ ޖެހުން މާޒިޔާގެ ކުޅުންތެރިޔަކަށް ނުލިބި، ގޯލްކިކަކަށް ބޯޅަ ބޭރުވެއްޖެ.

20 Feb 03:07

49' ފޭދޫ އިއްބެއަށް ސަޓިޝް ކުރި ފައުލަކާ ގުޅިގެން ބެންގަލޫރުގެ ހާފުގެ ތެރެއިން މާޒިޔާއަށް ހިލޭ ޖެހުމެއް.

20 Feb 03:06

47' ބެންގަލޫރަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސެމްބޯއީ ފޮނުވާލި ހަމަލާ، މާޒިޔާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

20 Feb 03:05

46' ނީލީއަށް ކުރި ފައުލަކާ ގުޅިގެން ޔާމްބެއަށް ރީނދޫ ކާޑެއް.

20 Feb 03:03

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބެންގަލޫރުން.

20 Feb 02:46

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

20 Feb 02:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

20 Feb 02:45

43' ބެންގަލޫރަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުން ނީލީ ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު އޯވޭސް އަޒީޒީ ވަނީ މަތަކޮށްފައި.

20 Feb 02:41

39' މާޒިޔާއަށް ހުސް ފުރުސަތެއް. ހަމްޕު ދިން ބޯޅައެއް ހިފައިގެން ވަރަށް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ބެންގަލޫރުގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

20 Feb 02:38

38' ޕެނަލްޓީ އޭރިއާ ބޭރުން އޮގަސްޓިން ފޮނުވާލި ހަމަލާ، މާޒިޔާގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

20 Feb 02:36

35' ސްޓެވާޓްއަށް ހުސްކޮށް ބޯޅައެއް ލިބުނު ނަމަވެސް، އޭނާ ހުރީ އޮފްސައިޑުގައި.

20 Feb 02:30

29' ނިލީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޕާޓަލޫ ބޮލުން ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Feb 02:27

26' ހަމްޕުއަށް ކުރި ފައުލަކާ ގުޅިގެން ބެންގަލޫރުގެ ކެޕްޓަން ހަރްމަންޖޯޓުއަށް ރީނދޫ ކާޑެއް.

20 Feb 02:23

22' މާޒިޔާއަށް ފުރުސަތެއް. ހަމްޕު ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އައިސަމް ބޮލުން ފޮނުވާލި ހަމަލާ، ބެންގަލޫރުގެ ގޯލާ އަމާޒުވެފައެއް ނުވޭ.

20 Feb 02:21

20' ސްޓެވާޓް ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބެންގަލޫރުގެ ޑިފެންޑަރުން ދިފާއުކޮށްފި.

20 Feb 02:19

18' މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބެންގަލޫރުގެ އާޝިކީ ހުރަސްކުރި ބޯޅަ، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޕީޓާ ދިފާއުކޮށްފި.

20 Feb 02:17

16' އައިސަމް ދިން ބޯޅަ ހިފައިގެން ކުރިއަށްގޮސް، ބެންގަލޫރުގެ ކެޕްޓަން ހަރްމަންޖޯތު ކައިރިން ހަމްޕުއަށް ނައްޓާލެވޭ ގޮތެއް ނުވި.

20 Feb 02:14

އަނިޔާގެ ސަބަބުން ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީއަށް ވަނީ މިއަދުގެ މެޗު ގެއްލިފައި.

20 Feb 02:12

11' މާޒިޔާ އިން ބަދަލެއް. އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ މޫސާ ޔާމީން (ޔާމްބެ). އަސައްކޮ ބަދަލުކޮށްފައިވަނީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން.

20 Feb 02:10

9' ސްޓެވާޓް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އަސައްކޮއަށް ލިބުމުގެ ކުރިން ބެންގަލޫރުގެ ކުޅުންތެރިން ދިފާއުކޮށްފި. އަސައްކޮއަށް އަނިޔާވުމުގެ ސަބަބުން ކުޅުން މެދުކަނޑާލައިފި.

20 Feb 02:08
20 Feb 02:08

މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ކުޅުން ނިމުނު އިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.

20 Feb 02:06
20 Feb 02:03

ބެންގަލޫރުގެ ފުރަތަމަ 11:

  • ގުޕްރީރު ސިންގު ސަންދޫ – ކީޕަރު
  • ޖުއާނާން
  • އެރިކް ޕާޓަލޫ
  • ކީން ލެވިސް
  • ޖާމަންޖޯތު ސިންގު ކަބްރާ – ކެޕްޓަން
  • ހައޮކިޕް ތަންގްކޮސިއެމް (ސެމްބޮއި)
  • މުހައްމަދު އީޝިކް ކަރޫނިޔަން
  • ޕަރަގް ސަޓިޝް ޝްރިވާސް
  • ފްރެންސިސްކޯ ހޯސޭ ބޯގަސް (ނިލީ)
  • ގުރްސިމްރާތު ސިންގު ގިލް
  • ލިއޯން އޮގަސްޓިން އަސޮކަން
20 Feb 02:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މާޒިޔާ އިން.

20 Feb 01:59

މާޒިޔާގެ ފުރަތަމަ 11:

  • އޯވޭސް އަޒީޒީ – ގޯލްކީޕަރު
  • މުހައްމަދު އިރުފާން (އިރޭ)
  • އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ) – ކެޕްޓަން
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ޕީޓާ ލަނިޗް
  • މުހައްމަދު ޝާރިފް
  • އައިސަމް އިބްރާހިމް
  • ކޯނެލިއަސް ސްޓެވާޓް
  • އަހްމަދު އަބްދުﷲ (ލިލީ)

އޭއެފްސީ ކަޕުގެ ޕްލޭއޯފް ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު 4:00ގައި ކުޅޭ ފުރަތަމަ ލެގު މެޗަށް ދެ ޓީމު ނުކުންނައިރު:

  • މާޒިޔާ އާއި ބެންގަލޫރު ވަނީ އޭއެފްސީ ކަޕް 2017ގެ ގްރޫޕު ސްޓޭޖުގައި ދެ ފަހަރަކު ބައްދަލުކޮށްފައި. އެ ދެ މެޗު ވެސް 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެންގަލޫރުން.
  • އޭއެފްސީ ކަޕުގައި މާޒިޔާ އިން ވާދަކުރި ދެ ފަހަރުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 2017ގައި. ގްރޫޕު ސްޓޭޖުގައި އެއްވަނަ ހޯދި އިންޑިއާގެ ބެންގަލޫރާއި ދެވަނަ ހޯދި މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް، ހެޑް ޓު ހެޑް ނަތީޖާއިން ބެންގަލޫރު ކުރީގައި އޮތުމުން މާޒިޔާއަށް ވަނީ ގްރޫޕު ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިފައި.
  • މާޒިޔާއަށް މިސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއަކީ ރަނަރަޕް ޓީމު ކަމުގައިވިޔަސް، އެކްލަބުން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައި. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު މިސީޒަނުގައި މާޒިޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައި.
  • އިންޑިއަން ސުޕާ ލީގުގެ ޕޮއިންޓް ތާވަލުގައި މިވަގުތު ބެންގަލޫރު އޮތީ އެންމެ ރަނގަޅު ހިސާބަކު ނޫން. އެޓީމު އޮތީ އެއްވަނައިގައި އޮތް އެފްސީ ގޯއާ އާއި ދެވަނައިގައި އޮތް އޭޓީކޭގެ ފަހަތުން ތިންވަނައިގައި. ބެންގަލޫރަށް 17 މެޗުން 29 ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި އޮތް އޭޓީކޭއަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓު. އަދި އެއްވަނައިގައި އޮތް ގޯއާއަށް 17 މެޗުން ލިބިފައިވަނީ 36 ޕޮއިންޓު.