ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް އުސްތާޒް ފައިސަލް އާދަމް ހަމަޖައްސަވައިފި

އައިދާ އަބްދުލް ހަކީމް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ތަރުޖަމާނަކަށް ހުންނެވި ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް އެކި ބޭފުޅުން އައްޔަންކުރަމުން އައީ ވަގުތީ ގޮތުންނެވެ. އަދި މިއީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް ދާއިމީކޮށް ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް މިދިޔަ މަހު އައްޔަންކުރީ އެކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ރައުފާ ހައިދަރު އެވެ. އޭނާ ވަނީ އޭޕްރީލް 8، 2013 އިން ފެށިގެން މެއި 7، 2014 އާ ހަމަޔަށް ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.