ޕޮލިސް

ދެމަފިރިން ނިދާފައި ތިއްބައި ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި

އަހުމަދު ވަޖީފު

ދެމަފިރިން ނިދާފައި ތިއްބައި ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ، ކ. އަތޮޅާއި އއ، އދ އަދި ވ. އަތޮޅު ހިމެނޭ ރަށަކުން ކަމަށެވެ.

ފުލުހުން ބުނީ ނިދާފާތިބި ދެމަފިރިން ކައިރިއަށް ގޮތް ނޭނގޭ މީހަކު ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމުގެ މައުލޫމާތު ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ. އެ މައްސަލައިގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަނނަ ކަމަށް ފުލުހުން ބުނެއެވެ.