ޕޮލިސް

ރައީސް ސޯލިހުގެ ކާރު ކޮޅަށް ފެންއެއްޗެއްް އޮއްސާލައިފި

އިބްރާހިމް ޒަކީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅު މައްޗަށް ފެންއެއްޗެއް އޮއްސައިލި މައްސަލައެއް ފުލުހުން ބަަލަން ފަށައިފިއެވެ

ފުލުހުން ބުނީ ރައީސްގެ ކާރު ކޮޅަށް ފެން އެއްޗެއް އޮއްސައިލީ ހެންވޭރުގައި ހުރި އިމާރާތެއްގެ ކައިރިން ކަމަށެވެ.

މައުލޫމާތު ލިބުފައިވާ ގޮތުގައި އޭރު ކާރުކޮޅުގައި ރައީސެއް ނެތެވެ. އިނީ ޑްރައިވަރެވެ.

މިހާދިސާ ހިނގީ ހ. ހީނާމާގެ ކައިރިންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް، އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން، ޕޯސްޓަރު ހިއްޕުމުގެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށްފަހު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިންގަވާފައި ވަޑައިގެން މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގައި ޕޯސްޓަރު ހިއްޕަވައިފައެވެ.