ބޮލީވުޑް

ކާތިކްއާ ސާރާގެ ލަވް އާޖް ކަލް ވެސް ލީކު ކޮށްލައިފި

ކާތިކް އާރްޔަން އަދި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ސީކުއިލް ފިލްމު "ލަވް އާޖް ކަލް" އިއްޔެ ރިލީސްކުރުމާއެކު ލީކްކޮށްލައިފިއެވެ.

މި ފިލްމު ލީކް ކޮށްލާފައި މިވަނީ ބޮލީވުޑްގެ ގިނަ ފިލްމުތައްވެސް ލީކް ކުރާ ވެބްސައިޓް ކަމަށްވާ ޓެމިލްރޮކާސް ސައިޓުންނެވެ.

ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޓެމިލްރޮކާސް ސައިޓުން ވަނީ މިދިޔަ ހަފުތާގައި ރިލީސްކުރި ފިލްމު މަލަންގްވެސް ރިލީސްކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލީކުކޮށްލާފައެވެ އެ ފިލްމުގައި އަދިތްޔަ ރޯއީ ކަޕޫރު، ދިޝާ ޕަޓާނީ، އަނިލް ކަޕޫރު އަދި ކުނާލު ކެމޫ މުހިންމު ރޯލުން ފެނިގެން ދެއެެވެ.

ޓެމިލްރޮކާސް ސައިޓުގައި ފިލްމުތައް ޓޮރެންޓްކޮށް ހައިޑެފިނީޝަންކޮށް ޑައުންލޯޑް ކުރެވޭއިރު ސީދާ ސައިޓުންވެސް ބަލައިލެވެއެވެ.

ފިލްމު ލީކު ވުމާއެކު އޭގެ ބޮކްސް އޮފީހުގެ ރޭޓިންތަކަށް ބުރޫ އަރާނެ ކަމަށް ލަފާ ކުރެވޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ ސައިފް އަލީ ޚާން އަދި ދީޕިކާ ޕަޑުކޯން މީގެ ކުރިން ކުޅެފައިވާ ލަވް އާޖް ކަލް ފިލްމުގެ ސީކުއިލެކެވެ.