ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚިޔާނާތުގެ މައްސަލަތައް ބަލައި ކޮމެޓީގެ މެންބަރު ކަމުން އައިޝަތު ހަނާ ވަހީދު މިއަދު އިސްތިއުފާދީފިއެވެ.
ހަނާ މީގެކުރިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ކުރީގެ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. ހަނާ މެންބަރުން ކަމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ، ހަނާއާއި އޭނާގެ ފިރިމީހާ ހައްޔަރުކުރި އިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަޒީފާ އިން 2015 ވަނަ އަހަރު ވަނީ ހަނާ ވަކިކުރައްވާފައެވެ.
އެމައްސަލައިގެ ތުހުމަތުގައި ހަނާ ވަޒީފާއިން ވަކިކުރައްވާފައި ވަނިކޮށް، ޚިޔާނާތުގެ މައްސަލަތައް ބަލާ ކޮމެޓީގެ މެންބަރު ކަމަށް އައްޔަނު ކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ އޭނާއަށް ވަރަށް ބޮދަށް ފާޑުކިޔަމުންނެވެ.