ބޮލީވުޑް

އަންގްރޭޒީ މީޑިއަމްގެ ޓްރެއިލާ: ބައްޕަޔަކު އަންހެން ދަރިފުޅަށް ކިޔަވައިދޭން ކުރާ ބުރަ މަސައްކަތް ފެނިގެންދޭ

އިރްފާން ޚާން ލީޑް ރޯލުން ފެނިގެންދާ ސީކުއިލް ފިލްމު "އަންގްރޭޒީ މީޑިއަމް"ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

ޓްރެއިލާއިން ފެނިގެންދަނީ ބައްޕަޔަކު އޭނާގެ އަންހެން ދަރިފުޅަށް ކިޔަވައިދޭން ލަންޑަން ސްކޫލަކަށް ފޮނުވުމަށް ކުރާ މަސައްކަތެވެ. އިރްފާން ބައްޕަގެ ރޯލުން ފެނިގެންދާއިރު އޭނާގެ ދަރިފުޅުގެ ރޯލުން ރާދިކާ މަންދަން ފެނިގެން ދެއެވެ.

މީގެ އިތުރުން ކަރީނާ ކަޕޫރު ޚާންވެސް ފުލުހެއްގެ ރޯލުން ފެނިގެން ދެއެވެ. މިއީ އިރްފާނާއި ކަރީނާ އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ހޯމީ އަދާ ޖާނިޔާ ޑިރެކްޓްކޮށް ދިނޭޝް ވިޖޭން އަދި ޖިއޯ ސްޓޫޑިއޯސްއިން ޕްރޮޑިއުސް ކުރާ މި ފިލްމަކީ ކުރިން ނެރެފައިވާ ހިންދީ މީޑިއަމްގެ ދެވަނަ އިންސްޓޯލްމަންޓެވެ.

އަންގްރޭޒީ މީޑިއަމް ރިލީސްކުރަނީ އަންނަ މަހު 20ގައެވެ.