ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން މިއަދާ ހަމަޔަށް ޑީސަލް ވިއްކަމުން އައީ ލީޓަރެއް 11.19 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން އެ އަގަށް ބަދަލު އަންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެ ގޮތުން މިއަދުން ފެށިގެން ލިޓަރަކުން 30 ލާރި ހެޔޮކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެހެން ކަމުން މިއަދުން ފެށިގެން އެސްޓިއޯއީން ދީސަލް ލިޓަރެއް 10.89 އަށް ލިބޭނެ އެވެ.
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު އެސްޓީއޯ އިން ދޭތެރެ ދޭތެރެއިން ތެލާއި ޑީސަލްގެ އަގު ހެޔޮ ކުރެއެވެ. މިއަހަރު ތެރޭ މީ ޑީސަލްގެ އަގު ހެޔޮ ކުރި ފުރަތަމަ ފަހަރު ނަމަވެސް މިދިޔަ އަހަރުތެރޭ އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ވަނީ ތިން ފަހަރެއްގެ މަތިން ހެޔޮކޮށްފައެވެ.