ރައްޔިތުންގެ މަޖިލިސް

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

އިބްރާހިމް ޒަކީ

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

90 މާއްދާގެ މައްޗަށް އެކުލެވޭ މި ބިލުގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ވަނީ ކަނޑައަޅައިފައެވެ.

އަދި ވިއްކާމުދަލެއްގައި ނުވަތަ ދޭ ހިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ކަނޑައއަޅާފައިވެއެވެ.

މީގެ އިތުރުން މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ވެސް ވަނީ ކަނޑައަޅައިފައެވެ.

މުދާ ވިއްކުމުގައި ނުވަތަ ހިދުމަތް ދިނުމގައި ކުރުން މަނާ ކަންތައްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަދަލު ލިބިދޭންޖެހޭ، ހާލަތްތަކުގައި، ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ އުސޫލުތައްވެސް ބަޔާން ކޮށްފައި ވެއެވެ.

މި ބިލުގައި ދެ ފަރާތުގެ ހައްގުތައް ހިފޭއްޓިމުގުޅޭ، ނުވަތަ ނިގުޅައި ގަތުމާގުޅޭ މައްސަލަަތައް ބަލާނެ ކޮންސިއުމާ އޮމްބަޑްސްމަން ގެ މަގާމު އުފެއްދުމަށް ވަނީ ހިމަނައިފައެވެ.

އަދި އެފަރާތަށް ލިބިގެންވާ ބާރުތާކާއި މަސްއޫލިއްޔަތުތައް ވެސް ހިމަނާފައިވެއެވެ.