ބޮލީވުޑް

ދީޕިކާގެ ކައިވެނި ހަފްލާތަކުގެ ލުކް ތަކަށް ބޮޑެތި ފާޑުކިއުން

ބޮލީވުޑްގައި ދީޕިކާ ޕަޑުކޯން އަދި ރަންވީރުގެ ކައިވެނި ވެގެން ގޮސްފައި ވަނީ މި ދުވަސްވަރު އެންމެ ހިޓް ވާހަކަ އަށެވެ. ދެ ދުވަހުގެ މަތިން އިޓަލީގެ ލޭކް ކޮމޯގައި ދެ ސަގާފަތަށް ދީޕްވީރު ކައިވެނި ކޮށްފައި ވާއިރު ބެންގަލޫރުގައި މިހާރު މި ވަނީ ކައިވެނި ރިސެޕްޝަނެއް ވެސް ބާއްވާފައެވެ.

ފެޝަނަަށް ލޯބި ކުރާ ދީޕްވީރުގެ ކައިވެނި ހަފްލާގެ މޮޅެތި ވާހަކައިގެ އިތުރުން ދެ ތަރިން ލާފައިވާ ހެދުމާއި މޭކަޕް ތަކަށްވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، ގިނަ ނެގަޓިވް ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.

ކައިވެނީގެ ހުރިހާ ހަފްލާތަކަށް އެމީހުން ތައްޔާރުކޮށް ސްޓައިލް ކުރުމަށް ދީޕިކާ ނަގާފައިވަނީ ބޮލީވުޑްގެ ޑިޒައިނަރެއް ކަމަށްވާ ސަބްޔާސަޗީ މުކަރްޖީއެވެ. ސަބްޔާސަޗީ ވަނީ ދީޕްވީރުގެ ހެދުމާއި މޭކަޕް ލުކްތައް ވަރަށް ފަރުވާތެރިކޮށް ސްޓައިލް ކޮށްފައެވެ. އަދި އެ ހަފްލާއަކާ އެންމެ ގުޅޭ ގޮތަށް ހެދުން ހޮވާފައިވާއިރު މޭކަޕާއި އެސަސަރައިޒް ކުރުމަށްވެސް ވަނީ ގިނަ ބަޔެއްގެ ޕޮސިޓިވް ކޮމެންޓްސް ލިބިފައެވެ. ނަމަބެސް ސަބްޔާސަޗީ އަށް ހެދިފައިވާ ބައެއް މިސްޓޭކްސް ތަކަށް ބޮޑެތި ފާޑުކިއުންތައްވެސް ވަނީ ލިބިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަށް ދީޕިކާ ގެ ދެ ސަގާފީ ކައިވެނީގެ ތެރެއިން ކޮލްކަނީ ސްޓައިލަށް ކުރެވުނު ކައިވެނީގައި އޭނާ ލާފައި ހުރި ސާރީ އަކީ ސަބްޔާސަޗީގެ ޑިޒައިނެއް ނޫނެވެ. އެއީ ދީޕިކާގެ މަންމަ އޭނާއަށް ހަދިޔާ ކުރި ސާރީ އެކެވެ. ނަމަވެސް އެވާހަކަ ސަބްޔާސަޗީ ކުރިން ހިއްސާކޮށްފައި ނުވުމުން ގިނަ ބަޔަކު ފާޑުކިޔުން އަމާޒު ކުރީ އޭނާ ނުކުރާ ކަމެއްގެ ކްރެޑިޓް ނެގި ކަމަށް ބުނެއެވެ. ފަހުން ސަބްޔާސަޗީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓެއް ކޮށް އެ ސާރީގެ ތަފްސީލު ހިއްސާކޮށްފައެވެ.

ކުރިންރޭ ބެންގަލޫރުގައި އޮތް ކައިވެނި ރިސެޕްޝަން ގައި ދީޕިކާގެ ލުކްއަށް އަނެއްކާވެސް މިވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އެ ހަފްލާގައި ދީޕިކާ ލާފައި ހުރީ ވެސް އޭނާގެ މަންމަ ހަދިޔާ އަކަށް ދިން ސާރީ އެކެވެ. ކްރިޓިކްސް ބުނާ ގޮތުން ދީޕިކާގެ އިސްތަށިގަނޑު ސްޓައިލް ކޮށްފައިވާ ގޮތާއި އެސަސަރައިޒް ކޮށްފައިވާގޮތް އަނުޝްކާ ޝަރްމާ އޭނާގެ ކައިވެނި ހަފްލާގައި ހުރި ގޮތާ ވަރަށް އެއްގޮތް ކަމަށެވެ.

މީގެ އިތުރުން އަބަދު އެއްކަހަލަ ހެއާސްޓައިލްއާ އެއްވައްތަރުގެ ސާރީ ގައި ދީޕިކާ ފެންނާތީވެސް އޭނާގެ ފޭނުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.


މި އެކަންޏެއް ނޫނެވެ. އަނުޝްކާ އަދި ވިރާތްގެ ކައިވެނި ހަފްލާއަށް ކަންގްނާ ލާފައިވާ ސާރީ އާއި މޭކަޕް ހެއާ އަދި އެސަސިރީޒް އާ ދީޕިކާ ގެ ވެޑިން ރިސެޕްޝަން ލުކްއާ ވަރަށް އެއްގޮތެވެ. ކަންގްނާ އެ ހަފްލާ އަށް ވެސް ތައްޔާރު ކުރީ ސަބްޔާސަޗީ ކަމުން މީވެސް ދީޕިކާގެ ގިނަ ފޭނުން ރުޅިއައިސްގެން އުޅޭ ކަމެކެވެ.


ދެ ކައިވެންޏާއި ބެންގަލޫރު ކައިވެނި ރިސެޕްޝަނަށް ފަހު ދެން އޮންނާނީ މުމްބާއީގައި ބޮލީވުޑްގެ ތަރިންނަށް ހާއްސަކޮށް ބާއްވާ ހަފްލާ އަކާއި އާއިލާއަށް ބާއްވާ ހަފްލާ އެކެވެ. މިހާރު ދީޕިކާގެ ފޭނުން ތިބީ ދެން އޮންނަ ހަފްލާތަކަށް އޭނާގެ ސްޓައިލް މިއަށް ވުރެ ތަފާތުކޮށް ސަބްޔާސަޗީ ކުރާނެ ކަމަށް އުންމީދު ކޮށްގެންނެވެ.