ވިޔަފާރި

މަނާ 29 ވިޔަފާރި ހަރަކާތެއް ކަނޑައަޅައި ފޮރިން އިންވެސްޓްމަންޓްގެ ސިޔާސަތު އާއްމު ކޮށްފި

އިބްރާހިމް ޒަކީ

1

ފޮރިން އިންވެސްޓްމަންޓަށް މަނާ 29 ވިޔަފާރި ހަރަކާތެއް ކަނޑައަޅައި ފޮރިން އިންވެސްޓްމަންޓްގެ ސިޔާސަތު ސަރުކާރުން އާއްމު ކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު އާންމުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ސިޔާސަތުގައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރުން ހުއްދަ އަދި މަނާ ވިޔަފާރިތަކުގެ ތަފްސީލް ހިމަނާފައެވެ. އަދި ސަރުކާރާއެކު މަޝްވަރާކޮށްގެން ކުރެވިދާނެ ވިޔަފާރިތަކުގެ ތަފްސީލްވެސް ވަނީ ހިމަނާފައެވެ.

އެގޮތުން ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި ރާއްޖޭގައި ކުރުން މަނާ ބައެއް ވިޔަފާރިތައް ތިރީގައި އެވަނީއެވެ.

  • ވެލި ނެގުން
  • އެހެނިހެން މައިނިން
  • ދުންފަތުގެ ބާވަތްތައް އުފެއްދުން
  • ފަރުނީޗަރު ފިޔަވާ ލަކުޑިން އުފައްދާ ބާވަތްތައް
  • ރަބަރު އަދި ޕްލާސްޓިކްގެ ބާވަތްތައް އުފެއްދުން
  • އަތްތެރި މަސައްކަތުން ތަކެތި އުފެއްދުމާއި ވިއްކުން
  • ރީޓެއިލް ޓްރޭޑް
  • ޖީ2 ނޫން އެހެން ދާއިރާތަކުން ހޯލްސޭލް ކުރުން
  • ޕައިޕްލައިން ބޭނުންކޮށްގެން އެއްގަމު ދަތުރުފަތުރުކުރުމުގެ ހިދުމަތް
  • ޕޯސްޓަލް ހަރަކާތްތައް
  • ލޮޖިސްޓިކް ހަރަކާތްތައް
  • ޕިކްނިކް އައިލެންޑް
  • ފުޑް އެންޑް ބެވަރޭޖް ސާވިސް އެކްޓިވިޓީސް (ހޮޓާ، ރެސްޓޯރެންޓް އަދި ބޭކަރީގެ އިތުރުން ކާނާ ވިއްކާ އެހެނިހެން ތަންތަން)
  • އެކޮމޮޑޭޝަން
  • ޕްރޮގްރާމިން އެންޑް ބްރޯޑްކާސްޓިން އެކްޓިވިޓީސް
  • ޝަރުއީ ހަރަކާތްތައް
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ރެންޓް އަދި ލީސްގެ ހިދުމަތް
  • ވަޒީފާއާ ބެހޭ ހަރަކާތްތައް (އެމްޕްލޮއިމެންޓް އެޖެންސީސް، ރިކުރޫޓްމެންޓް ސާވިސަސް)
  • ޓްރެވެލް އެޖެންސީ އާއި ޓުއާ އޮޕަރޭޓްކުރުން
  • އިމާރާތްކުރުމުގެ ހަރަކާތްތައް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ޑިފެކްސް
  • ޓިއުޝަން ކްލާސް
  • ޓިއުޝަންގެ ހިދުމަތް
  • ގުރުއާން ކްލާސް
  • އެކްޓިވިޓީސް އޮފް މެމްބާޝިޕް އޯނަގައިޒޭޝަން
  • ކޮމްޕިއުޓަރާއި ގޭތެރޭގައި ބޭނުން ކުރާ ސާމާނު މަރާމާތުކުރުމުގެ ހިދުމަތް

ފޮރިން އިންވެސްޓްމެންޓް ސިޔާސަތުގެ ބޭނުމަކީ ރާއްޖެ އަންނަ ބޭރުގެ އިންވެސްޓަރުންގެ އަދަދު އިތުރުކޮށް، ރާއްޖެ އިގުތިސާދީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކުރިއަރައިގެން ދިއުމެވެ.

މިއަދު އެންޑޯޒްކޮށްފައިވާ ފޮރިން އިންވެސްޓްމެންޓް ޕޮލިސީ ދެން ރިވިއުކުރާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

ފޮރިން އިންވެސްޓްމެންޓަށް ރަޖިސްޓްރީވުމުގެ ހިދުމަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ވެލާނާގޭގެ ހަތަރު ފަންގިފިލާގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ، ފޮރިން އިންވެސްޓްމެންޓް ޔުނިޓުން ލިބޭނެއެވެ. އެޕްލިކޭޝަން ފޯމު އަދި ބޭނުންވާ އެހެނިހެން ޑޮކިއުމެންޓްސް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް www.business.egov.mv އިން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން ފޮރިން އިންވެސްޓްމެންޓް އުސޫލުގެ ދަށުން މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ފޮރިން އިންވެސްޓްމެންޓްތަކުން ވެސް މިއަދު އާންމުކުރި ފޮރިން ޑިވޮލެޕްމެންޓް ޕޮލިސީގައިވާ އިޖުރާތްތައް ފުރިހަމަ ކުރަން ޖެހޭނެއެެވެ. އަދި މިނިސްޓްރީން ހުއްދަދީފައިވާ ފޮރިން އިންވެސްޓްމެންޓްތަކުން، ފޮރިން އިންވެސްޓްމެންޓްގެ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި 5،000 ޑޮލަރު މީރާއަށް ދައްކަން ޖެހޭނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟