އިބްރާހިމް ޒަކީ
ރާއްޖޭން މިސްރަށް ކަނޑައަޅާފައި ހުުންނަވާ ސަފީރުކަމަށް ހ. ނިޔާސާ ޑރ. ހުސެއިން ނިޔާޒު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީީހުގެ މިއަދުގެ ޖަލްސާގައި، މިސްރަށް ދިވެހި ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޑރ. ހުސެއިން ހަމަޖެއްސުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރަކީވެސް ޑރ. ހުސެއިން އެވެ. އަދި އިޔާދަކުރަނިވި ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ވެސް ޑރ. ހުސައިން ނިޔާޒް ހުސްވި 2019 ވަނަ އަހަރުގެ ޖުލައި މަހު ހަމަޖައްސަވައި، ފަތްކޮޅުވެސް ވަނީ ދެއްވައިފައެވެ.