ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު ކަބީ އީދު ކަބީ ދިވާލީއަށް ބަތަލާއެއް ހަމަޖައްސައިފިއެވެ.
މި ފިލްމަށް ހަމަޖެއްސީ ހައުސްފުލް ހަތަރަކުންނާއި މޮހޮންޖޭ ދާރޯއިން ފެނިގެން ދިޔަ ބަތަލާ ޕޫޖާ ހެޖް އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ސަދިދްވާލާ ވަނީ އެކަން ޔަގީންކޮށްދީފައެވެ. މުމްބާއީ މިރޯއަށް ސާޖިދް ދިން އިންޓަވިއުއެއްގައި ބުނީ ޕޫޖާ އާއެކު ހައުސްފުލް ހަތަރެއްގައި މަސައްކަތް ކޮށްފައިވުމުން އޭނާ އަކީ ކަބީ އީދު ކަބީ ދިވާލީއަށް އެންމެ ޕާފެކްޓް ފިޓް ކަން އެނގޭ ކަމަށެވެ.
ކަބީ އީދު ކަބީ ދިވާލީ އަކީ އާއިލީ ޑްރާމާ އެކެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ސަލްމާން އާއި ޕޫޖާގެ އައިސްބްރޭކް ކުރުމުގެ ގޮތުން އެކި އެކި ވޯކްޝޮޕްތައް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.
އަންނަ އަހަރު މި ފިލްމު ރިލީސްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޝޫޓިން މިއަހަރުގެ އޮކްޓޯބަރުގައި ފެށޭނެ ކަމަށް ވެއެވެ.