ވިޔަފާރި

އެސްޓީއޯ ޓްރޭޑް ސެންޓަރުން، ހުސް ވެފައިވާ ބްލޮކްތައް ކުއްޔަށް ދޭން އިއުލާނު ކޮށްފި

އައިދާ އަބްދުލް ހަކީމް

އެސްޓީއޯ ޓްރޭޑް ސެންޓަރުން، ހުސް ވެފައިވާ ބްލޮކް ތަކެއް ކުއްޔަށް ދޭން އިއުލާނު ކޮށްފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޓްރޭޑް ސެންޓަރުން ހުސް ވެފައިވާ ބްލޮކް ދޭއް އަދި ފަހެއް ކުއްޔަށް ދޫކުރަން ބޭނުންވާ ކަމަށެވެ.

މި ތަންތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހު ބީލަން ކުށަހަޅަން ޖެހޭނެ ކަމަށެވެ.

އެސްޓީއޯ އަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރަކީ ގިނަ ފިހާރަ ތަކާއި އޮފީސްތައް ހިންގާ އިމާރާތެކެވެ.