ކޮކާކޯލާ ޔުއެފާ ޔޫރޯ 2020 ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި އިއުލާނުކޮށްފިއެވެ.
އިއްޔެ ނެގި ލަކީ ޑްރޯގައި ދެ އިނާމެއް ލިބުނު ފަރާތްތައް ހޮވާފައިވާ ކަމަށް ކޮކާކޯލާ އިން ބުނެއެވެ. އެގޮތުން ޑެއިލީ ވީލް ޗެލެންޖުން ނަސީބު ވެރި ފަރާތަކަށް ހޮވިފައިވަނީ "VDRGHK" ވިން ކޯޑު ފޮނުވި 7639183 ނަންބަރުގެ ވެރިފަރާތް ކަމަށް ކޮކާކޯލާ ކުންފުނިން ބުނެއެވެ.
ޑެއިލީ ޗެލެންޖުގެ ގޮތުގައި އައިފޯނު 11، އެލްއީޑީ އެޗްޑީ ޓީވީ ނުވަތަ އޮފިޝަލް މެޗް ބޯލް އޮޮފް ޔޫރޯ 2020 ލިބުމުގެ ފުރުސަތު އޮންނަ އިރު އިއްޔެގެ ޑެއިލީ ޗެލެންޖުގެ އިނާމުގެ ގޮތުގައި ގުރުއަތަކުން ހޮވިފައިވަނީ އައިފޯނު 11 ކަމަށް ކޮކާކޯލާ އިން މައުލޫމާތު ދެއެވެ.
އިއްޔެ ނެގި ގުރުއަތުގައި މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ކަނޑައަޅާފައިވާ 10 ފަރާތަކަށް އިތުރު ފަރާތަކާއެކު ޔޫރޯގެ މެޗެއް ބަލައިލުމަށް އަޔަލެންޑަށް ދިއުމުގެ ފުރުސަތުގެ ފުރަތަމަ ގުރުއަތުލުން ވަނީ ނަގާފައެވެ. މި ހަފުތާގައި ޔޫރޯގެ މެޗެއް ބަލައިލުމަށް އިތުރު ފަރާތަކާއެކު އަޔަލެންޑަށް ދިއުމުގެ ފުރުސަތު ހޯދާފައިވަނީ "SYMUXL" ވިން ކޯޑު އެސްއެމްއެސް ކުރި 9538508 ނަންބަރުގެ ވެރި ފަރާތްކަމަށް ކޮކާކޯލާ ކުންފުނިން މައުލޫމާތު ދެއެވެ.
ޖެނުއަރީ 24ގައި ތައާރަފުކުރި މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޮނުވާ ކޯޑު ހުންނާނީ ހަމައެކަނި ރަން ކުލައިގެ މަތިގަނޑު ހުންނަ ކޯކު ފުޅީގައި ކަމަށް މީގެ ކުރިން ކޮކާކޯލާއިން ބުނެފައި ވެއެވެ.