ވިޔަފާރި

"ގޯލްޑް 100 ގާލާ"ގެ ގޯލްޑް ޕާޓްނަރުންނަށް އެމްޓީސީސީ އާއި ދިވެހި އިންޝުއަރެންސް

އަލީ ޔާމިން

މިއަހަރުގެ ގޯލްޑް 100 ގާލާގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އަދި ދިވެހި އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާއު އަލީއެވެ. އަދި އޯކާ މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ. ދިވެހި އިންޝުއަރެންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ވާހިދެވެ.

އޯކާ މީޑިއާގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި ބާއްވާ އެވޯޑެކެވެ.

އޯކާ މީޑިއާއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހަޅާ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް މިހާރު ވަނީ ކަނޑައަޅައިފައެވެ.

މިދިޔަ އަހަރުގެ ގޯލްޑް 100 އަށް ކުންފުނިތަށް ހޮވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ގޯލްޑް 100 ގާލާގެ މީޑިޔާ ޕާޓުނަރަކީ "ވަން އޮންލައިން" އެވެ.