ފަސް އަހަރު ކުރީއްސުރެ ސަލްމާން ހޮސްޓު ކުރަމުން އަންނަ ޝޯ، ބިގް ބޮސް ހޮސްޓު ކުރުން ހުއްޓާލާނެ ކަމުގެ އަޑުތައް އަރާފައިވީ ނަމަވެސް އަދިވެސް އިންޓްރެސްޓިން ކަންތައްތަކާއެކު ސަލްމާން އަންނަނީ އެ ޝޯ ހުށަހަޅައިދެމުންނެވެ.
ބޮލީވުޑްގެ ގިނަ ތަރިންވެސް މި ޝޯގައި އެމީހުންގެ ފިލްމު ޕްރޮމޯޓް ކުރުމަށް ދެއެވެ. އެގޮތުން ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެން ގޮސްފައި މިވަނީ މި ޝޯގައި ސަލްމާން އާއި ބަތަލު ރިތިކް ރޯޝަން ނަށާ ވީޑިއޯއެއް މީސް މީޑިއާއިން ފެނުމުންނެވެ.
ރިތިކްގެ ޑެބިއު ފިލްމު "ކަހޯނާ ޕިޔާރުހޭ" ގެ މަގުބޫލު ލަވައެއް ކަމުގައިވާ "އެކް ޕަލް ކާ ޖީނާ" ލަވައިގެ އެންމެ މަގުބޫލު ސްޓެޕްތައް އެ ދެތަރިން ހަދާލައި ނަށާލި ގޮތުން ފޭނުން އަންނަނީ ތަރުހީބު ދެމުންނެވެ.
މި ވީޑިއޯ އަކީ ކުރީގެ ވީޑިއޯއެއް ނަމަވެސް ވަރިރަލް ވެފައި މިވަނީ އީޓައިމްސް އިން ވީޑިއޯ އެމީހުންގެ އިންސްޓަގްރާމުގައި ހިއްސާކުރުމުންނެވެ.
ބިގް ބޮސް ހޮސްޓު ކުރުމުގެ އިތުރުން މިވަގުތު ސަލްމާން އަންނަނީ ފިލްމު "ރާދޭ: މޯސްޓް ވޯންޓަޑް ބައި" ގެ މަސައްކަތްވެސް ކުރަމުންނެވެ. މި ފިލްމުގައި ދިޝާ ޕަޓަނީ ލީޑް ރޯލުން ފެނިގެންދާނެއެވެ.
މިދިޔަ އަހަރަކީ ރިތިކަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަަހަރު ރިތިކް ކުޅުނު ދެ ފިލްމުވެސް ސުޕާ ހިޓް ވެފައިވާއިރު އަދި މިއަހަރު މިހާތަނަށް ފިލްމެއް އިއުލާންކޮށްފައެއް ނުވެއެވެ.