ބޮލީވުޑް

ބާގީ ތިނެއްގެ ޓްރެއިލާ: ޓައިގާ ޝްރޮފް އަކީ "ވަން މޭން އާމީ އެއް"

ޓައިގާ ޝްރޮފްގެ މަގުބޫލު ފްރެންޗައިޒް ފިލްމު، ބާގީ ތިނެއްގެ ޓްރެއިލާ އިއްޔެ ރިލީސްކޮށްފައިވާއިރު ޓްރެއިލާއަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ބާގީ އެކަކާއި ދެއަކުން ލިބުނު ކާމިޔާބީއާއެކު ތިން ވަނަ ފިލްމު ތައްޔާރުވެގެން މިއައީ ބަތަލާ ޝްރައްދާ ކަޕޫރާ އެކުއެވެ.

އިއްޔެ ހެނދުނު ރިލީސްކުރި ޓްރެއިލާ އިން ފެނިގެން ދަނީ ޓައިގާ އެކަނި މާއެކަނި ސީރިއާގެ މީހުނާ ހަނގުރާމަ ކުރާ މަންޒަރެވެ.

3.41 މިނިޓުގެ އެ ޓްރެއިލާގައި ޓައިގާ އޭނާގެ ބޭބެ ސަލާމަތް ކުރަން ކޮންމެ ގުރުބާނީއެއްވެސް ވާނެކަން ދައްކައިދެއެވެ. ސަޅި އެކްޝަން ސީންތަކެއް ފެނިގެންދާއިރު ފިލްމުގައި އިމޯޝަންތަކާއި ފަހަތުގައި ފޮރުވިފައިވާ ރީތި ވާހަކައެއް އޮންނާނެކަން ދޭހަކޮށްދެއެވެ.

އަހްމަދު ޚާން ޑައިރެޓްކޮށް ސާޖިދް ނާދިދްވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހު ހައެއްގައެވެ.