ގައުމީ ސަލާމަތު ކޮމެޓީ

ހިޝާނަށް 2014ގައި ގައުމީ އިނާމު ދިނީ އޭނާގެ މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށް ފަހު: ގައުމީ އިނާމު ކޮމެޓީ

އިބްރާހިމް ޒަކީ

1

ގ.ނީރުވީކް އަހުމަދު ހިޝާނަށް ގައުމީ އިނާމު ދިނީ ކަމާ ބެހޭ މުއައްސަސާތަކުން ބަލަން ޖެހޭ އެންމެހައި ކަންކަން ބެލުމަށް ފަހު އޭނާގެ ކުށުގެ އެއްވެސް ރެކޯޑެއް ނެތްކަން ކަށަވަރު ކުރުމަށްފަހު ކަމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މިކަމާބެހޭ މައުލޫމާތު މީިޑިއާއަށް ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކޮމިޓީގެ ޗެއާމަން އަނީސާ އަހުމަދު ވިދާާޅުވީ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ހިޔާލާއެކު ކޮންމެ އަހަރަކުވެސް ގައުމީ އިނާމު ދިނުމާބެހޭ އުސޫލުތައް ގެޒެޓް ކުރާ ކަމަށެވެ.

އެ އުސޫލުގެ ދަށުން ގައުމީ އިނާމަށް ލިސްޓު ކުރެވޭ މީހުންގެ ކުށުގެ ރެކޯޑެއް އޮތްތޯ، ފުލުހުންނާއި ކޯޓުތަކުން ލިއުމުން މައުލޫމާތު ހޯއްދަވާ ކަމަށްވެސް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، 2014 ވަނަ އަހަރު ހިޝާނާމެދު ވެސް ކޮމިޓީން ކަންތައް ކުރީ އެގޮތަށް ކަމަށެވެ. ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް، އަދި ތުހުމަތު ކުރެވޭ ކަމެއްވެސް ނެތް ކަމަށް އެފަރާތްތަކުން ލިޔުމުން ހުށަހެޅުމުން، ހިޝާނަށް ގައުމީ އިނާމް ދޭން ނިންމީ ކަމަށް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިރު، ނަން ހުށަހެޅޭނީ ވެސް ޕޮލިސް ރިޕޯޓާ އެކުގައި ކަމަށެވެ. ނަަމަވެސް އެއީ ފަސް އަަހަރު ދުވަހުގެ ކުށުގެ ރެކޯޑެއް ކަމަށްވާތީ، ގައުމީ އިނާމްދޭ ފަރާތްތައް ޝޯޓްލިސްޓް ކުރެއްވުމަށްފަހު އަނެކާ، ކޯޓުތަކުންނާއި ފުލުުންގެ ފަރާތުން އެ ފަރާތަކާބެހޭ މައުލޫމާތު ހޯއްދަވާ ކަމަށްވެސް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، އޭގެ އިތުރުން އެމީހަކާބެހޭ ގޮތުން ހުށަހެޅޭ ލިއުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ ތައް ބެލުމުގެ އިތުރުން ގައުމީ އިނާމްދޭ ދާއިރާގައި ތިއްބަވާ ކަމުގެ މާހިރުން ކޮމިޓީއަށް ގެންނަވައިގެން އެ ފަރާތަކާ ބެހޭގޮތުން އިންޓަވިއު ކުރާ ކަމަށެވެ.

އެގޮތަށް ބަލާއިރު މާ ކުރީގެ ކުށުގެ ރެކޯޑް އޮންނަ އެތައް ބަޔަކަށް އިނާމް ނުދޭން ކޮމިޓީން ނިންމާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، ހިޝާން އަށް ގަައުމީ އިނާމް ލިބިފައި ވަނީ އިނާމް ދިނުމުގައި ކޮމިޓީން ގެންގުޅޭ އުސޫލު ތަކާއި މިންގަނޑުތައް ގޯސްވެގެން ނޫން ކަމަށެވެ. އޭނާއަށް އިނާމް އެރުވުމަށް ރައީސަށް ދެންނެވީ އޭނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ހުރިހާ ފަރާތަކުން ބުނުމުން ކަމަށްވެސް ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، ގައުމީ އިނާމް ދޭ ފަރާތުން އެ އިނާމު ނިގުޅައިގަނެވޭނެ ހާލަތްތައް ވެސް ގައުމީ އިނާމުދޭ އުސޫލުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގައުމީ އިނާމެއް ނިގުޅައިގަންނަންޖެހޭފަދަ ކަމެއް، ފާހަގަ ކުރެވިއްޖެ ނަމަ ނުވަތަ އެފަދަ މައްސަލައެއް ކޮމިޓީއަށް ހުށަހެޅިއްޖެ ނަމަ، އެކަމަކީ ގައުމީ އިނާމެއް ނިގުޅައި ގަންނަންޖެހޭ ކަމެއްކަމުގައި ކޮމިޓީއަށް ފެނިއްޖެނަމަ، ތަފްސީލް ސަބަބާއެކު އެކަން ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާ ކަމަށްވެސް އަނީސާ ވިދާޅުވިއެވެ.

"އުސޫލުގަ އެބަ ބުނޭ، ގައުމީ އިނާމު ލިބިފައިވާ ފަރާތަކުން ގައުމީ އިނާމެއް ނިގުޅައިގަންނަންޖެހޭފަދަ ކަމެއް، ފާހަގަ ކުރެވިއްޖެ ނަމަ، ނުވަތަ އެފަދަ މައްސަލައެއް ގައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހެޅިއްޖެ ނަމަ އެކަމެއް ބަލައި، އަދި އެކަމަކީ ގައުމީ އިނާމެއް ނިގުޅައި ގަންނަންޖެހޭ ކަމެއްކަމުގައި ކޮމިޓީއަށް ފެނިއްޖެނަމަ ތަފްސީލް ސަބަބާއެކު އެކަން ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު ގައުމީ އިނާމާބެހޭ ކޮމިޓީއަށް ލިބިގެންވެއޭ،" އަނީސާ ވިދާޅުވިއެވެ.

ނަމަވެސް އަނީސާ ވިދާޅުވީ، އެމީހަކު ކުށް ކޮށްފިކަން އެކަށީގެންވާ މިންވަރުގެ، ޝައްކެއްނެތި ޝަރީއަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމަށް ބެލުމުގެ ހައްގު ގާނޫނު އަސާސީން ލިބިގެންވާ ކަމަށެވެ. އަދި މިހާރު ފުލުހުން ބަލަމުންދާ ހިޝާންގެ މައްސަލައަކީ ޖިނާއީ ކުށެއްގެ މައްސަލަ ކަމަށާއި ޖިނާއީ ތަހުގީގު ކުރުމުގެ އެއްވެސް ފުރުސަތެއް އެ ކޮމިޓީއަށް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ ޝަރީއަތަށް ހިޝާންގެ ކުއް ސާބިތު ވެއްޖެނަމަ އޭނާއަތުން ގައުމީ އިނާމް ނިގުޅައި ގަތުމާމެދު ކޮމިޓީން ވިސްނައި ރައީސުލް ޖުމްހޫރިއްޔާއަށް އަރުވަން ޖެހޭ މައުލޫމާތު ކޮމިޓީން އަރުވާނެ ކަމަށެވެ.

ކުޑަ ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަ ތަކެއް ކުރެވިގެން ފުލުހުން ހިޝާންގެ މައްސަލަ ބަލަމުންދާއިރު، ދައުލަތުން އޭނާއަށް ދީފައިވާ "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރ" ކަމުން ވެސް އޭނާ ވަނީ ދުރުކޮށްފައެވެ.

މީގެ އިތުރުން ބެލެނިވެރިކަން ހިޝާންއަށް ނުދޭން ފެމިލީ ކޯޓުން ނިިންމާފައި އޮތް ނިންމުމާ ހިލާފަށް، ފިރިހެނަކު އޭނާގެ ބެލެނިވެރި ކަމުގައި ބެހެއްޓި މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟