ދިވެހި ރާއްޖެ

ޝިލްޕާ ބޭނުން ވަނީ މުޅި އުމުރަށް ރާއްޖޭގައި އުޅެން

6

ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ދަނީ ރާއްޖޭގައި އެނިވާސަރީ ފާހަގަ ކުރަމުންނެވެ. އެ ދެމީހުން ތިބީ ކަނުހުރާ ރިސޯޓުގައެވެ.

ޝިލްޕާ އަންނަނީ ރާއްޖޭގެ ރީތި ކަމާއި، އޭނާ ހޭދަކުރާ ވަގުތުތައް ފޭނުންނަށް ހިއްސާ ކުރަމުންނެވެ.

އެގޮތުން ޝިލްޕާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބިކިނީއެއް ލައިގެން ހުރި އިރު އެ ޕޯސްޓުގެ ކެޕްޝަނުގައި ރާއްޖޭގެ އިރުގައި ތެމެމުންދާ ކަމަށް ވެއެވެ. އަދި އެއާ ގުޅުވައިގެން "ލަވިން އިޓް" ކަމަށް ވެސް އިނެވެ. މީގެ އިތުރުން އިތުރު އަމިއްލައަށް ގޮތެއް ނިންމޭނަމަ ރާއްޖޭގައި މުޅި އުމުރު އުޅެން ބޭނުން ކަމަށްވެސް ޕޯސްޓްގެ ކެޕްޝަނުގައި އިނެވެ. 

ޝިލްޕާ ވަނީ އޭނާގެ ފިރިމީހާއަށް ވެސް ހާއްސަކޮށް ޕޯސްޓެއް ކޮށްފައެވެ. ނުވަ އަހަރުގެ އެނަވާސަރީއާ ދިމާކޮށް ޝިލްޕާ އޭނާގެ ފިރިމީހާއަށް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މީގެ އިތުރުން ބޯވައެއްގެ ވީޑިއޯ ޝެއާ ކުރުމަށް ފަހު އޭގައި ވެސް އޭނާ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އަދި ސޮނޯކަލް ނުކޮށް އެކަހަލަ ގުދުރަތީ މަންޒަރެއް ފެނުމުން އަޖައިބު ވެފައިވާ ކަަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިއީ ޝިލްޕާ އާއި އޭނާގެ އާއިލާ ރާއްޖެ އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ޝިލްޕާ މެން ވަނީ އާ އަހަރު ފާހަގަކުރުމަށާއި އުފަން ދުވަސް ފާހަގަކުރުމަށް ވެސް ރާއްޖެ އައިސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟