ބޮލީވުޑް

ސަލްމާން އަކީ ނިދާމީހެއް ނޫން: ޖެކުއިލިން

ބަތަލާ ޖެކުއިލިން ފެނާންޑިޒް ވަނީ ގިނަ ފިލްމުތަކެއްގައި ސުޕަސްޓާ ސަލްމާން ޚާން އާއެކު މަސައްކަތް ކޮށްފައެވެ.

ދާދި ފަހުން ދިން މީޑިއާ އިންޓަވިއުއެއްގައި އޭނާ ވަނީ ސަލްމާންގެ ވާހަކަތެއް ހިއްސާކޮށްފައެވެ.

"ސަލްމާން އާއެކު އެހާ އެކުގައި މަސައްކަތް ކުރުމުން އެނގުނު އެއް ކަމަކީ އެއީ ނިދާ މީހެއް ނޫންކަން" ޖެކުއިލިން ބުންޏެވެ.

ޖެކުއިލިން ބުނީ ހެނދުނާއި، މެންދުރާއި ރޭގަނޑުވެސް ސަލްމާން މަސައްކަތް ކުރާ ކަމަށެވެ.

"އަބަދު މަސައްކަތް ކުރުމުގަ، ނޫނީ ފްލައިޓްގަ ނޫނީ ޓީވީ ރިއަލިޓީ ޝޯއެއް ޝޫޓް ކުރަން ދިޔުމުގެ މަގުމަތީގަ ނޫނީ ލަވައެއްގެ ޝޫޓީންގަ. އޭނާ އަބަދުވެސް އުޅެނީ ކޮންމެވެސް އެއް މަސައްކަތެއްގަ" ޖެކުއިލިންގެ ސިގްނޭޗާ ހިނިގަނޑު ޖަހާލަމުން ސަލްމާން ގާތު އަރާމު ކުރަން އެދެމުން އޭނާ ކިޔައިދިނެވެ.

މިއަހަރު ޖެކުއިލިންގެ ފިލްމު "އެޓޭކް" ރިލީސްކުރަން ވަނީ ހަމަޖެހިފައެވެ. އެ ފިލްމުގައި އަޖޭ ދޭވްގަން އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާނެއެވެ.