ޕީޕީއެމް

ހައިކޯޓުގެ ހުކުމާ އެކު ޕީޕީއެމްގެ ރައީސްކަން ރައީސް ޔާމީން އަށް

1

ޕީޕީއެމް އިން މިދިޔަ ސެޕްޓެމެބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ޚާއްސަ ކޮންގްރެސްގެ ނިންމުންތައް ބަލައިގަންނަން ޖެހޭ ކަމަށް ދާދި ދެންމެ ހައިކޯޓުން ހުކުމް ކުރުމާ އެކު އެޕާޓީގެ ރައީސްކަން ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމް އަށް ލިބިވަޑައިގެންފި އެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ޕީޕީއެމްގެ ކޮންގްރެސް އިން ނިންމި ނިންމުންތައް ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީ ތަކުގެ ދަފުތަރުގައި ހިމަނަން ވެސް އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ނިންމައި އީސީން ބުނެފައިވަނީ ކޮންގްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށެވެ. އެ ގޮތުން އެ ކޮންގްރެސްގައި ޕީޕީއެމް އަށް ނިސްބަތް ނުވާ މީހުން ހިމެނި ވޯޓު ދީފައިވާ ކަމަށާއި ޕާޓީގެ ބައެއް މަގާމު ތަކަށް ވެސް މެންބަރުންގެ ގޮތުގައި ނުހިމެނޭ މީހުން އިންތިޚާބުކޮށްފައިވާ ކަމަށެވެ.

ތަފްސީލު އަންނަނީ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟