ބަންގްލަދޭޝަށް އެރި ތޫފާން "ބުލްބުލް" ގެ ސަބަބުން ހާލުގައި ޖެހުނު މީހުނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އައިއޭސީ އިން ތޫފާން "ބުލްބުލް" ގެ ސަބަބުން ހާލުގައި ޖެހުނު މީހުނަށް އެހީތެރިވެފައިވަނީ އެމީހުންގެ "މެންޑިންގް ލައިވްސް" ޕްރޮޖެކްޓުގެ ދަށުންނެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅަމުން އަންނަ ވަގުތީ ބޯހިޔާކަމުގެ ތެރެއިން އައިއޭސީގެ އޮފިޝަލުން އަމަލީގޮތުން ބައިވެރިވެ، ހަދަމުން ދިޔަ އިމާރާތް ނިންމާލުމަށްފަހު ހާލުގައި ޖެހުނު އާއިލާއަކާއި މިހާރު ހަވާލުކޮށްފައިވާނެ ކަމަށް އައިއޭސީން ބުނެއެވެ.
އެ އާއިލާއާއި މިގެ ހަވާލުކޮށްފައިވަނީ މިދިޔަ މަހު 25ގައި ކަމަށް އައިއޭސީން ބުނެއެވެ. އަދި އައިއޭސީން އުއްމީދު ކުރަނީ މިފަދަ މަސައްކަތްތައް ފެނި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން މީހުންނަށް ހިތްވަރު ލިބިގެން ދިއުން ކަމަށް އައިއޭސީން ބުނެއެވެ. މީގެ އިތުރުން އައިއޭސީން ފޯރުކޮށްދޭ އެހީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން މިފަދަ ޕްރޮޖެކްޓުތަކުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އައިއޭސީން ބުނެއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝަށް އެރި ތޫފާން "ބުލްބުލް"ގެ ސަބަބުން 2.1 މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި މީހުން އުޅޭ 4000 ގެ ވަނީ މި ތޫފާނުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝް ދަނޑުބިންތަކުގެ %14 ކަމަށްވާ 289,006 ހެކްޓަރުގެ ދަނޑުބިން މި ތޫފާނުގެ ސަބަބުން ވަނީ ހަލާކުވެފައެވެ.
އައިއޭސީއިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ. އެގޮތުން ދާދި ފަހުން އައިއޭސީ އިން ވަނީ ދިވެހި އާއިލާއެއްގެ އެހީގައި ބަންގްލަދޭޝްގެ ވިލެޖެއްގައި އުޅޭ އާއިލާތަކަކަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފެންވަޅެއް ހަދައި، ފެން ލިބޭނެ ގޮތް ފަހިކޮށްފައެވެ.