65 ވަނަ ފިލްމުފެއާ އެވޯޑްސްގެ ޓެކްނިކަލް ކެޓަގަރީ އާއި ކުރު ފިލްމުތަކުގެ ކެޓަގަރީގެ ވަނަތައް ހޮވައިފިއެވެ.
އެވަނަތައް ހޮވުމަށް ރޭ މުމްބާއީގައި ބޭއްވި ހަފުލާއަށް ކަރީނާ ކަޕޫރު ޚާން، ސޯނަމް ކަޕޫރު، ފަރްޚާން އަޚްތަރު، އަނަންޔާ ޕަންޑޭ، ވިދްޔާ ބާލަން، ކަރަން ޖޯހަރު، އަލާޔާ އެފް، ސިދްއާންތު ޗަތުރުވޭދީ ބައިވެރިވިއެވެ. މީގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ފަންނާނުން މި ހަފުލާގައި ބައިވެރިވިއެވެ.
ނޭހާ ދޯޕިޔާ ހޮސްޓު ކުރި އެ އިވެންޓްގައި ފެޝަން އަދި ކޮސްޓިއުމް ޑިޒައިނަރު މަނީޝް މަލޯތުރާ އިންޑަސްޓްރީގައި 30އަހަރު ހޭދަކުރުމާ ގުޅިގެން އަގުވަޒަންކުރުމަށް ޓަކައި ޓްރިބިއުޓެއްވެސް ދީފައި ވެއެވެ. އެކަން ފާހަގަކޮށް މޮޑެލުން ވަނީ މަނީޝް ހެދުން ޑިޒައިން ކުރި މުހިންމު ފިލްމުތައް ކަމަށްވާ ކުޗް ކުޗް ހޯތާހޭ، ކަލް ހޯނަހޯ، އޯމް ޝާންތި އޯމް އަދި މައި ހޫންނާ ފަދަ ފިލްމުތަކުގެ ހެދުންތައް ލައިފައެވެ.
ރޭގެ ހަފުލާގައި އެވޯޑުތައް ހާސިލު ކުރި ފަރާތްތަކާއި ކެޓަގަރީތަކަކީ:
- ބެސްޓް އެކްޝަން އެވޯޑު: ފިލްމު "ވޯ" އިން ޕޯލް ޖެނިންގްސް، އޯ ސީ ޔަންގް، ޕަރްވޭޒް ޝެއިޚް އަދި ފްރާންޒް ސްޕިލްހޯޒް
- ބެސްޓް ބެކްގްރައުންޑް ސްކޯ: ފިލްމު "ގަލީ ބޯއީ" އިން ކާޝް ކޭލް އަދި ދަ ސަލްވޭޖް އޯޑިއޯ ކަލެކްޓިވް
- ބެސްޓް ޕްރޮޑަކްޝަން ޑިޒައިން: ފިލްމު "ގަލީ ބޯއީ" އިން ސުޒެއިން ކަޕްލަން މޭވަންޖީ
- ބެސްޓް ކޮސްޓިއުމް: ފިލްމު "ސަންޗްރިޔާ" އިން ދިވްޔާ ގަމްބިރު އަދި ނިދީ ގަމްބިރު
- ބެސްޓް ކޮރިއޯގްރަފީ: ފިލްމު "ކަލަން"ގެ ލަވަ ގަރް މޯ ޕަރްދޭސިޔާ އިން ރެމޯ ޑި ސޫޒާ
- ބެސްޓް އެޑިޓިން: ފިލްމު "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" އިން ޝިވްކުމާރު ވީ ޕަނިކަރު
- ބެސްޓް ސިނެމޯޓޮގްރަފީ: ފިލްމު "ގަލީ ބޯއީ" އިން ޖެއީ އޯޒާ
- ބެސްޓް ސައުންޑް ޑިޒައިން: ފިލްމު "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" އިން ބިޝްވަދީޕް ދިޕަކް ޗަތަރްޖީ އަދި ނިހާރު ރަންޖަން ސަމާލް
- ބެސްޓް ވީއެފްއެކްސް: ފިލްމު "ވޯ" އިން ޝެރީ ބަރްދާ އަދި ވިޝާލް އާނަންދް
ހަފުލާގައި ވަނީ ކުރު ފިލްމުގެ ކެޓަގަރީތަކުންވެސް ވަނަތައް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ބެސްޓް ޝޯޓް ފިލްމު ފިކްޝަން: ފިލްމު "ބެބާކް" އިން ޝާޒިޔާ އިގްބާލް
- ބެސްޓް ޝޯޓް ފިލްމު ނޮން ފިކްޝަން: ފިލްމު "ވިލޭޖް އޮފް އަ ލެސާ ގޯޑް" އިން އާނަންތު ނަރަޔަން މަހަދޭވަން
- ބެސްޓް އެކްޓާ މޭލް ޝޯޓް ފިލްމު: ފިލްމު "ޓިންޑޭ" އިން ރާޖޭޝް ޝަރްމާ
- ބެސްޓް އެކްޓާ ފީމެއިލް ޝޯޓް ފިލްމު: ފިލްމު "ބޭބާކް" އިން ސާރާ ހަޝްމީ
- ޕީޕަލްސް ޗޮއިސް އެވޯޑު ފޯ ބެސްޓް ޝޯޓް ފިލްމު: ދޭޝީ
ފިލްމުފެއާ އެވޯޑްސް 2020 ގެ މެއިން އިވެންޓް ބާއްވަނީ މިމަހު 15ގައެވެ.