ބޮލީވުޑް

ރިޝީ ކަޕޫރުގެ ހާލު ސީރިއަސްވެ އެޑްމިޓް ކޮށްފި

ބަތަލު ރިޝީ ކަޕޫރުގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އެމެރިކާގައި ކެންސަރު ބައްޔަށް ޝިފާ ހޯދައިގެން ރިޝީ އެނބުރި އިންޑިއާއަށް ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރިޝީގެ ދަރިފުޅު ބަތަލު ރަންބީރު ކަޕޫރާއި އޭނާގެ ބައިވެރިޔާ ބަތަލާ އާލިޔާ ބަޓް ވެސް ވަނީ މިވަގުތު ދިއްލީއަށް ގޮސްފައެވެ. ރިޝީގެ ހާލު ސީރިއަސްވެ އެޑްމިޓް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް މީޑިއާ ރިޕޯޓުތަކުން އެނގޭކަށް ނެތެވެ.

ކެންސަރު ބަލިން ސަލާމަތްވެ މުމްބާއީއަށް ދިޔުމަށްފަހު ރިޝީ ވަނީ ފިލްމުތަކުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން 20 އަހަރު ފަހުން ޖޫހީ ޗައުލާ އާއެކު ފިލްމެއް ކުޅެން ހަމަޖެހިފައި ވާއިރު، ހޮލީވުޑް ފިލްމު "ދަ އިންޓާން" ގެ ރީމޭކުން ދީޕިކާ ޕަޑުކޯން އާއެކު ވެސް ރިޝީ ފެނިގެންދާނެ ކަން އިއުލާންކޮށްފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ.