ރީކޯ މޫސާ މަނިކް

ކޮރޯނާ ވައިރަސްގެ ސަަބަބުން ބޮޑު ހީނަރުކަމެއް އަންނާނެ، މި އަހަރުގެ ބަޖެޓު ދިރާސާ ކުރަން ޖެހޭ: މޫސަ

އަހުމަދު ވަޖީފު

ކޮރޯނާ ވައިރަސްގެ ސަަބަބުން ދައުލަތަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށާއި މި އަހަރަށް ފާސްކުރި ބަޖެޓު ދިރާސާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްިޔތުންގެ މަޖިލިސް ހުޅުވުމާއެކު މި އަހަރަށް ފާސްކުރި ބަޖެޓު ދިރާސާ ކުރަން ޖެހޭ ކަމަށާއި ކޮރޯނާ ވައިރަސްއާ ގުޅިގެން ގިނަ ފަތުރުވެރިން ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށެވެ. ކެންސަލް ކުރަމުންދާ ބުކިންތަކުގެ ސަަބަބުން ދައުލަތުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި، މިދިޔަ ޖެނުއަރީ 26 އިން ފެށިގެން މިއަދާ ހަމަޔަށް 11000 އަށް ވުރެ ގިނަ ޓޫރިސްޓު ބުކިން ވަނީ ކެންސަލްކޮށްފަ އެވެ.