ޓެކްނޮލޮޖީ

ސިންގަލް ކްލިކް: ދުނިޔޭގެ އެންމެ ބޮޑު ސޯޝަލްމީޑިއާ ފޭސްބުކަށް ބޮޑެތި ބަދަލުތަކެއް

އާދަމް ނަސީރު

1

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިވިޔަ ނުދީ އެހައްގު ހޯދައިދިނުމާއި ދޭދޭ ފަރުދުންގެ މިނިވަންކަން ރައްކާތެރި ކުރުމަށް ފޭސްބުކް (އެންކުރިޕްޓް) ކުރުމަށް ތެދުވާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ، ފޭސްބުކްގެ ބާނީ ބުނެފިއެވެ. އަދި ފޭސް ބުކް އެންކުރިޕްޓް ކުރުމުން އެކަމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތައް ވަޒަން ކުރެވޭ ކަަމަށްވެސް ނިމި ދިޔަ ހަފުތާގެ ހުކުރު ދުވަހު އެމެރިކާގެ ސިލިކޯން ވެލީގައި ބޭއްވި ޓެކް ސަމިޓުގައި ޒުވާން ބިލިއަނަރު ވަނީ ބުނެފައެވެ.

އެކި އެކި ޕޯސްޓުތައް ނެގުމަށް އަންގާ އެންގުންތައް ގިނަވެފައިވާ ކަމަށާއި ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ގިނަ ބައެއްގެ، ހާއްސަ ކޮށް ސަރުކާރުތަކާއި އެކި އެކި އިދާރާ ތަކުގެ ނުރުހުން ލިބޭނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މީ ކުރަން ޖެހޭ ކަމެއް ކަމަށް އުމުރުން 35 އަހަރުގެ މާރކްޒުކަބާކް ގަބޫލު ކުރެއެވެ. ކުރިންސުރެ ބޭނުން ކުރަމުން އަންނަ ފޭސް ބުކުގެ މުސްކުޅި ސަގާފަތުގެ ސަބަބުންވެސް ފޭސްބުކު ބޭނުން ކުރާ ގިނަ ބައެއްގެ ނުރުހުން ލިބެމުންދާ އިރު އާ ގޮތެއް ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިހާރު މިވަނީ ނިންމާފައެވެ. އެގޮތުން ތަފާތު އެކި އެކި ކަންކަމަށް ފޭސްބުކު ބޭނުން ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދޭނެ އާ ގޮތްތަކެއް ހޯދިފައިވާ ކަމަށް ޒުކަބާކް ވަނީ އިއުލާނު ކޮށްފައެވެ.

އަނިޔާވެރިކަމަށް ހިތްވަރު ދޭ ޕޯސްޓުތަކާއި، ކުޑަ ކުދިންނަށް އިހާނެތިކޮން ހިތާ މަންޒަރު ތަކާއި ހަނގުރާމައިގެ އިތުރުން ޓެރަރިޒަމް އަށް ހިތްވަރުދޭ ހުރިހާ ލިޔުންތަކެއް ބުލޮކް ކޮށް ފޭސްބުކު ބޭނުން ކޮށްގެން އަނިޔާވެރި ކަމާއި މީހުންގެ އަބުރު ކަތިލުމަށް ހިންގޭ ހުރިހާ ހަރަކާތްތަކެއް ހުއްޓުވާނެ ކަމަށާއި، އެހެން ނަމަވެސް ފޭސްބުކްގެ ބޭނުން ކޮށްގެން ހިޔާލު ފާޅު ކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެކި ފަރާތްތަކުން އަންގާ އެންގުން ތަކުގެ އިތުރުން ސަރުކާރު ތަކުން ނުވަތަ އެކި އިދާރާ ތަކުން ރައްޔިތުންގެ ހިޔާލު ފާޅުކުރުން ހުއްޓުވަން ކުރާ މަސައްކަތް ދެން ބަލައި ނުގަނެވޭނެ ކަމަށް ވެސް މި ސަމިޓުގައި ޒުކަބާކް ވަނީ އިއުލާނު ކޮށްފައެވެެ. އެހެން ކަމުން ސެންސަރު ކުރުމަށް އެދޭ އެދުން ތަކަށް މިހާރު ވަކި ހައްދެއް ކަނޑައެޅި އެކަމަށް ރޮނގެއް ދަމާލެވިފައިވާ ކަމަށް ވެސް ފޭސް ބުކުގެ ބާނީ ވަނީ ބުނެފައެވެ.

ފޭސްބުކަކީ ސިޔާސީ އެކި އެކި ކެމްޕޭން ތަކާއި ސިޔާސީ އެކި އެކި ފަރާތް ތަކުގެ ދޮގު އިސްތިހާރުތައް ދެއްކުމުގެ ސަބަބުން ގިނަ މައްސަލަ ތަކަކާއި މީގެ ކުރިން ކުރިމަތި ލާން ޖެހުނު ބައެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސޯސަލް މީޑިއާ ޕުލެޓްފޯމް ފޭސްބުކް ގެ ސަބަބުން ނޭދެވޭ އެތަކެއް ދޮގު ސިޔާސީ އިސްތިހާރުތައް ވަނީ ވެފައެވެ. އެހެން ނަމަވެސް ވާދަވެރި ޓުވިޓަރުން މިހާރު ވަނީ ސިޔާސީ އެއްވެސް އިސްތިހާރެއް ޓުވިޓަރު މެދުވެރިކޮށް ހިންގުން މުޅިން ހުއްޓުވާފައެވެ.

ދުނިޔޭގެ އެއް ބިލިއަން މީހުން ބޭނުން ކުރާ ފޭސްބުކު މިވަނީ ބޮޑު ބަދަލަކަށް ބޭނުންވެފައެވެ. އެހެން ކަމުން ފޭސްބުކް ބޭނުންކުރާ މީހުންގެ ހައްގުތައް ދެނެގަނެ އެމީހުން އެދޭ އެދުންތަކަށް ސަމާލުކަމާއި އަޅާލުން ނުދެވޭނަމަ އެމީހުންނަށް ފޭސްބުކްގެ ސަބަބުން ލިބޭ ފަސޭހަކަން އިހުސާސް ނުކުރެވޭނެ ކަމަށް ދެކޭ ކަމަށާއި މި ހުރިހާ މައްސަލަތަކަށް ހައްލެއް ހޯދުމަށް، ބަޔަކު ނުރުހުންވި ކަމުގައި ވިޔަސް އެ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ފޭސްބުކްގެ ބާނީ ވަނީ ދީފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟