ޝެއިޚް އިމްރާން

ހޯމް މިނިސްޓަރު އިމްރާން ދޫނިދޫ ޖަލަށް ޒިޔާރަތް ކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ހޯމް މިނިސްޓަރު ޝައިޚު އިމްރާން އަބްދުﷲ ދޫނިދޫ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރު އިމްރާންގެ އަރިހުގައި ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ފުލުހުންގެ އިތުރު ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ އިމްރާން މިއަދު ދޫނިދޫއަށް ވަޑައިގެންނެވި އިރު، އިއްޔެ ވަނީ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެބައްދަލު ކުރެއްވުމަށްފަހު ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުން ދައުލަތް ބޮއްސުންލާފައިވާ މިންވަރު އިތުރަށް ސާފުވެވަޑައިގެންފި ކަމަށް ވިދާޅުވިއެވެ.

އަދި އެކަންކަން ހައްލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އިމްރާން ވަނީ ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެ ފުށް ފެންނަ ތަހުޒީބީ އުސޫލަކުން ކަންކަން ހިންގުމަށް ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.