ބޮލީވުޑް

ޕްރިޔަންކާ މެޓްރިކްސް ހަތަރަކާ ގުޅެނީ

ދުނިޔޭގެ އައިކޮން ޕްރިޔަންކާ ޗޯޕްރާ މެޓްރިކްސް ހަތަރަކުން ފެނިގެންދާނެ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ވެރައިޓީ ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި މިވަގުތު ޕްރިޔަންކާ ގެންދަނީ މެޓްރިކްސް ފިލްމުގެ ޓީމާ އެކު ފަހުގެ މަޝްވަރާތައް ކުރަމުންނެވެ. އަދި އެމަޝްވަރާތައް ރަނގަޅަށް ގޮސްފިނަމަ ޕްރިޔަންކާ މެޓްރިކްސް ހަތަރުން ފެނިގެންދާނެއެވެ.

މެޓްރިކްސް ފިލްމު ފްރެންޗައިޒް އިން ވަނީ 1.6 ބިލިއަން ޑޮލަރު ދުނިޔޭގެ ބޮކްސް އޮފީހުން ހޯދާފައެވެ.

ފިލްމުގައި ކިއާނޯ ރީވްސް އަދި ކެރީ އޭން މޮސް އެމީހުންގެ އަސްލު ރޯލު، ނިއޯ އަދި ޓްރިނިޓީގެ ރޯލުން ފެނިގެންދާނެ އެވެ.

ޕްރިޔަންކާ ވަނީ އެމެރިކާގެ ޓީވީ ސީރީޒް ކުއެންޓިކޯ ގައި ލީޑް ރޯލު ކުޅެ ގިނަ ބައެއްގެ ތާއީދު ހޯދާފައެވެ. އެ ސީރީޒުން އޭނާއަށް 2016 ގައި ވަނީ ޕީޕަލްސް ޗޮއިސް އެވޯޑުވެސް ލިބިފައެވެ.