އުރީދޫ މޯލްޑިވްސް

އުރީދޫގެ އަމާޒު: އިންޓަނެޓަކީ އެންމެނަށް ވެސް އަމާން ތަނަކަށް ހެދުން

ސައިބާ ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް އުރީދޫން ހާއްސަ ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި "އުރީދޫ ސައިބާ ސޭފްޓީ ކެމްޕޭން 2020" އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ.

އުރީދޫން ބުނީ މުޅި ގައުމަށް ސައިބާ ސޭފްޓީއާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ތައާރަފުކުރުމަށް ނިންމާފައިވަނީ އިންޓަނެޓަކީ އެންމެންނަށް ވެސް އަމާން ތަނަކަށް ހެދުމުގެ ނިޔަތުގައި ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް ސައިބާ ކްރައިމްގެ މައްސަލަތައް ގިނައެވެ. އިންޓަނެޓު ލިބިގަތުމުގެ ފަސޭހަކަމާއެކު ބައެއް މީހުން ދަނީ ބިރުދެއްކުމާއި ބުލީކުރުން ފަދަ ކުށްތަކަށް އަރައިގަންނަމުންނެވެ. އަދި ރާއްޖޭގައި ހިންގަމުންދާ ވަރަށް ގިނަ ކުށްތައް ސައިބާ ކްރައިމްއާ ގުޅިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެހެން ކަމުން އެފަދަ ކަންކަން ކޮންޓްރޯލު ކުރެވޭނެ އުސޫލުތަކެއް ހަދައި އަމަލުކުރުމަކީ މުހިންމުކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.