ބޮލީވުޑް

އާމިރުގެ އެދުމަކަށް އަކްޝޭގެ ބައްޗަން ޕަންޑޭ ރިލީސްކުރާ ތާރީހު ބަދަލު ކޮށްފި

އަކްޝޭ ކުމާރާއި ކްރީތީ ސާނޮންގެ ފިލްމު ބައްޗަން ޕާންޑޭގައި އަކްޝޭގެ ފުރަތަމަ ފެނިލުން ދައްކައިލުމާއެކު ފިލްމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިއަަހަރުގެ ޑިސެމްބަރު 25 ގައި މި ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވީ ނަމަވެސް ފިލްމު ރިލީސްކުރާ ތާރީހު މިވަނީ ބަތަލު އާމިރު ޚާންގެ އެދުމަކަށް ފަސްކޮށްފައެވެ.

އާމިރު ޚާންގެ ފިލްމު ލާލް ސިންގް ޗައްދާވެސް އެދުވަހު ރިލީސްކުރަން ހަމަޖައްސާފައިވާތީ އާމިރުގެ އެދުމަކަށް އަކްޝޭ ވަނީ ފިލްމު ރިލީސްކުރާ ތާރީހު ފަސްކޮށްފައެވެ. ލާލް ސިންގް ޗައްދާ އަކީ 1994ގައި އެމެރިކާގެ ފިލްމު ފޮރެސްޓް ގަމްޕްގެ ރީމޭކެކެވެ. މި ފިލްމުގެ ލީޑު ބަތަލާއަކީ ކަރީނާ ކަޕޫރެވެ.

އަކްޝޭ ފިލްމުގެ ތާރީހު ފަސްކުރުމުން އާމިރު ވަނީ ޝުކުރު އަދާކޮށް ޓުވީޓެއް ކޮށްފައެވެ. އާމިރުގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި ބައެއް ފަހަރު ކަންކަން ހައްލުކުރުމަށް މުހިންމީ ވާހަކަދެއްކުމެވެ. އަދި ސާޖިދު ނަދިދްވާލާ އާއި އަކްޝޭ، ބައްޗަން ޕާންޑޭ ރިލީސްކުރާ ތާރީހު ފަސްކޮށްދިނުމުން އެކަމަށް ޝުކުރު އަދާކޮށް އުފާކުރާކަމަށް ވަނީ ބުނަފެއެވެ. އަދި އެ ފިލްމަށް އިތުރު ކާމިޔާބަށް ވެސް އާމިރު ވަނީ އެދިފަ އެވެ.

އަކްޝޭގެ ބައްޗަން ޕާންޑޭ ރިލީސްކުރާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.