އަހްމަދު މަހްލޫފު

ޓުވީޓުގެ މައްސަލައިގައި ކުރި ދައުވާ މަޚުލޫފުގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު މަޚުލޫފު ކުރެއްވި ޓުވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މަޚުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތަންފީޒީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މަޚުލޫފު ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދީ މަރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

މަޚުލޫފަކީ މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ ސްޕޯޓްސް މިނިސްޓަރެވެ.