މެންބަރު އަބްދުﷲ ރިޔާޒް

ވަޒީރު ކަމަށް އައްޔަން ކުރާނީ ޒިންމާ އަދާކުރެވޭނެ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާ ބޭފުޅުން: ރިޔާޒް

1

ވަޒީރަކަށް އައްޔަން ކުރައްވާނީ އެ މަގާމު އަދާކުރެވޭނެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ބޭފުޅުން ކަމަށް ޖޭޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން މި ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ސްލޮޓު ތަކުގައި ކެބިނެޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ބައެއް ބޭފުޅުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ވަގުތެއްގަ އެވެ.

ރިޔާޒްގެ ޓުވީޓުގައި ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ވަޒީރެއްގެ ޝަރުތު ހަމަ ވާނަމަ އެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

"އައްޔަން ކުރާ ފަހުން މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ އެ ވަޒީރެއްގެ ނޯ ކޮންފިޑެންސް މަޖިލީހަށް ނެގިދާނެ." ރިޔާޒް ވިދާޅުވި އެވެ.

އަބްދުﷲ ރިޔާޒް މި ގޮތަށް ޓުވީޓު ކުރެއްވި އިރު، ކުރީގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް މިއަދު ވަނީ މި މައްސަލައިގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟