ބޮލީވުޑް

މެކޭނިކަކަށް 1.25 ރުޕީސް ދޭން ހަނދާނުން ކައްސާލި ވާހަކައެއް ސަލްމާން ހިއްސާކޮށްފި

ސުޕާ ސްޓާ ސަލްމާން ޚާން މެކޭނިކަކަށް 1.25 ރުޕީސް ދޭން ހަނދާނުން ކައްސާލި ވާހަކައެއް ހިއްސާކޮށްފިއެވެ.

އެވާހަކަ ސަލްމާން ހިއްސާކުރީ މުމްބާއީ ޕޮލިސް ވެލްފެއާ ފަންޑްސް އިނީޝިއޭޓިވް އިވެންޓްގައި ކޮމީޑިއަން ކަޕިލް ޝަރްމާއާ އެވެ.

ސަލްމާން ބުނީ ސައިކަލު މެކޭނިކަށް އޭނާ ދަރާފައިވާކަން އެނގުނީ މިފަހުން އެ މެކޭނިކް ކައިރިއަށް ސައިކަލްގެ ޓަޔަރު ހަދަން ދިޔުމުން ކަމަށެވެ.

"ސޯޓުލައިގެން ހުރީ. އަތުގައި ރުފިޔާއެއް ނެތް އެވަގުތު. އެހެންވެ ކާކާ (މެކޭނިކް) ކައިރީ ބުނީ ސައިކަލްގެ ޓަޔަރު ހަދައިދޭން، ފަހުން ރުފިޔާ ދައްކާނަމޭ. ދެން އޭނަ ބުނެފި ކުޑައިރުވެސް ތިހެނޭ ހަދަނީ. ވަރަށް ކުރިން ސައިކަލް ހަދާފަ އަދިވެސް އޭގެ ފައިސާ ދީފައެއް ނުވެޔޭ. މިހާރުވެސް 1.25 ރުޕީސްގެ ދަރަނި އެބަ ހުއްޓޭ. އޭނާ އެހެން ބުނުމުން އަހަރެން ވަރަށް ލަދުގަތް،" ސަލްމާން ބުންޏެވެ.

ސަލްމާން އިތުރަށް ބުނީ ފަހުން އޭނާ މެކޭނިކަށް އެފައިސާ ދެއްކުމުން އޭގައި ހިފާފައި ވެސް ނުވާ ކަމަށެވެ. ފައިސާ ރައްކާ ކުރުމަށް ޓަކައި، ސްކޫޓީގެ އެއްބަޔަށް ޕެޓްރޯލު އަނެއް ބަޔަށް ކަރާސީނު އަޅައިގެން ދުއްވި ވާހަކައެއް ވެސް ސަލްމާން ހިއްސާ ކުރިއެވެ. އެއީ ވެސް އޭނާ އެކްޓަރަކަށް ވުމުގެ ކުރީންނެވެ.