ބޮލީވުޑް

ކާލީ ޕީލީގެ ސްޓަންޓްތައް ހަދަނީ އިޝާން އަދި އަނަންޔާ

ޒުވާން ތަރިން ކަމުގައިވާ އިޝާން ކައްޓަރު އަދި އަނަންޔާ ޕާންޑޭގެ ފިލްމު ކާލީ ޕީލީގައި އެކްޝަން ސްޓަންސްޓްސްތައް ހަދަން ފަށައިފި އެވެ. މި ސްޓަންޓްތައް ހަދަނީ ވެސް އެދެތަރީން އަމިއްލައަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާންމުކޮށް ބޮޑީ ޑަބަލް ބޭނުންކޮށްގެން ފިލްމުތަކުގައި ހަދާ އެކްޝަން ސްޓަންޓްސްތައް މި ފިލްމުގައި ބޭނުމެއް ނުކުރާނެ އެވެ.

ފިލްމުގެ ޝޫޓިންގެ ދެވަނަ ބައި ފަށާފައިވާއިރު ޝެޑިއުލުގައި ވަނީ އެކްޝަން ބައިތަކެވެ. ދެތަރިން ބޭނުން ވެގެން ބޮޑީ ޑަބަލުން ބައިތިއްބާފައި އެބައިތައް އަމިއްލަ އަށް ކުޅުމަށް ވަނީ ނިންމާފަ އެވެ.

މިހާތަނަށް ޝޫޓް ކުރި އެއް ސީނުގައި އިޝާން ވަނީ ޕިކަޕަކުން ފުއްމާލައިގެން ބިންމަތީގައި 30މީޓަރަށް ކޭއްތެމުންދާ މަންޒަރެއް ކުޅެފައެވެ. މި ސީންތައް ކުޅުމަށް ދެތަރިންވެސް ވަރަށް ބޮޑަށް ޓްރެއިން ކޮށްފައިކަމަށް ރިޕޯޓަތައް ބުނެއެވެ.

10 ދުވަސްތެރޭގައި މިޝެޑިއުލުގެ ޝޫޓިންތައް ނިންމާލަން ވަނީ ހަމަޖައްސާފަ އެވެ.

އިޝާން އަދި އަނަންޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް މި ފިލްމު ވެގެންދާއިރު ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ ޖޫން 12ގައެވެ.