މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)

މެމްބަރު ވަހީދަކީ ދުވަހަކުވެސް ދެގޮތެއް ނުވާ، އިހްލާސްތެރި ބޭފުޅެއް: ރައީސް މައުމޫން

އަހުމަދު ޖައިޝަން

1

މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނައިބު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)އަކީ ދުވަހަކުވެސް ދެގޮތެއް ނުވާ، ގައުމަށް އިހްލާސްތެރި ބޭފުޅެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރު ވަހީދަކީ އެމަނިކުފާނަށް އަބަދުވެސް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައީސް މައުމޫނަށް ދެއްވާ ތާއީދާއި ތަރުހީބަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މެމްބަރު ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް މައުމޫން އަށް ތާއީދު ކުރައްވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"ރައީސް މައުމޫން އަށް ކުރިމަތިވެވަޑައިގެންނެވި ހިތްދަތި އަދި އުފާވެރި ވަގުތުގައިވެސް ދެގޮތެއް ނުވެ މިއަދާ ހަމައަށްވެސް މިހުރީ އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު ރައީސް މައުމޫން އާއެކުގައި،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟