އިލެކްޝަންސް ކޮމިޝަން

އިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ވަޖީފު

އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އީސީގެ މެންބަރުކަމަށް ކުރމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރު އަންނަ މާޗު މަހުގެ 23 އަށް ހަމަ ވާތީ ކަމަށެވެ. އީސީގެ މެންބަރު ކަމަށް ކުރމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމަޔަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، މާޗު މަހުގެ 23 އަށް ދައުރު ހަމަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ވެސް މި ވަގުތު ހުންނެވި އަހުމަދު އަކުރަމްގެ އެވެ.