ރީކޯ މޫސާ މަނިކް

އިންތިހާބު ފަސްކޮށް ދޮރުންދޮރަށް ހިނގައި، އަނިޔާވެރިކަމުގެ ތެރޭ ތިބީ ކިތައް ކުދިންތޯ ބެލުން މާ ރަނގަޅުވާނެ: މޫސަ

މަރިޔަމް ޝަހުދާ

1

އިންތިހާބު ފަސްކޮށް ދޮރުންދޮރަށް ހިނގައިގެން އަނިޔާވެރިކަމުގެ ތެރޭ ތިބީ ކިތައް ކުދިންތޯ ބެލުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ އެތައް މައްސަލަތަކެއް ފާއިތުވި ހަފުތާތެރޭ ފެންމަތިވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

"އިންތިޚާބު ފަސްކޮށްފަ، ޕާޓީީ ތަކުން ނުކުމެ، ދޮރުން ދޮރަށް ހިނގައިގެން ބަލަން ވީނު ކިތައް ގޭގަ ތޯ ކުޑަކުދިން ތިޔަމުސީބާތުގަ ޖެހިފަ ތިބީ؟" ރީކޯ މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިހާރު ޕާޓީތަކުން ކައުންސިލަށް ވޯޓު ހޯދަން ދޮރުން ދޮރަށް ހިނގައި، ހަމައެކަނި ކުރާ ކަމަކީ ވޯޓުލެވޭ މީހުންނާއި ވާހަކަ ދައްކައި އެމީހުންގެ ހާލު ބެލުން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ޖެންޑާ ކޮމިޓީގައި ކަނޑުހުޅުދޫ ކައުންސިލާއި ކުރި ސުވާލަށް ކައުންސިލުން ދިން ޖަވާބަށް ވެސް މޫސަ ވަނީ ރައްދު ދެއްވާފައެވެ. ކައުންސިލުން ވަނީ އެރަށުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ ވާހަކަ އަޑު އިވިފައިވީ ނަމަވެސް އެކަން ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ހުށަނާޅާ ކަމަށް ބުނެފައެވެ. އަދި މައްސަލަ ނުބެލިފައިވަނީ އެހެންވެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. މިކަމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ކައުންސިލަރުން ނިކުންނަން ޖެހޭނީ ސީދާ ސައުންސިލަރާއި ބެހުނީމަ ނޫން ކަމަށެވެ.

2009 ވަނަ އަހަރުންފެށިގެން މަޖިލީހުގައި އޮތް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް އަދަބު ދިނުމުގެ ބިލު ނުވަ މެންބަރަކު މަޖިލީހަށް ހުށަހެޅި ކަމަށް މޫސް ވިދާޅުވިއެވެ. އަދި މިހާރު ދުވަސް ވަންދެން ފާސްނުވެ އޮތް ބިިލު ފާސްވީ މި ސަރުކާރުން ކަމަށް މޫސް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ގައުމު ހަމަ މަގަށް އެޅުވުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދޭންވީ މިކަމާ ގުޅިގެން ކަމަށެވެ. އަދި 2009 އިން 2019 އަށް ސިޔާސީ ބޭފުޅުން ކުރި މަސައްކަތް މިހާރުގެ މަޖިލީހުން ބަލައި، އެ މަސައްކަތް އިސްލާހު ކުރެއްވީ ރައީސް ސޯލިހު ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟