ބޮލީވުޑް

ތަޚްތު އަށް ފަހު އަނެއްކާވެސް ކަރަން ގެ ފިލްމަކުން ޖާންވީ

ބަތަލާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދަރި ޖާންވީ ކަޕޫރު ބޮލީވުޑަށް ނުކުތް ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރުގެ ފިލްމް ދަޅަކް އެވެ. ޖާންވީ ގެ ފުރަތަމަ ފިލްމަށް ދަޅަކް ވިއަސް އެ ފިލްމު ވެގެން ގޮސްފައިވަނީ ވަރަށް ބޮޑު ހިޓަކަށެވެ.

ކަރަން މިހާރު ވަނީ އޭނާގެ ފިލްމް ތަޚްތުގެ ކާސްޓުންގެ ތެރޭގައިވެސް ޖާންވީ ހިމަނާފައެވެ. ގިނަ ކާސްޓުންތަކަކާ އެކީ ނެރޭ ފިލްމް ތަޚްތުގެ މަސައްކަތަށް ޖާންވީ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ކަރަން ވަނީ އޭނާގެ ދެން ނުކުންނާނެ ފިލްމުގެ ލީޑްގައިވެސް ޖާންވީ ހިމަނާފައެވެ. އެއާ ފޯސް ޕައިލޮޓް ގުންޖަން ސަކްސޭނާ ގެ ދިރިއުޅުމުގެ މައްޗަށް ހަދާ ބައޯފިކްގެ ގުންޖަން ގެ ރޯލަށް ޖާންވީ އަކީ އެންމެ ކަމުދާ ބަތަލާ ކަމުގައި ކަރަން ވަނީ ފާހަގަ ބުނެފަ އެވެ.

ފިލްމްގައި ޖާންވީ އަސްލު ހެލިކޮޕްޓަރު ނުދުއްވިކަމުގައި ވިއަސް ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ދަސްކުރާނެ ކަމަށްވެސް ކަރަންއާ ހަވާލާދީ ރިޕޯޓް ތަކުގައި ވެއެވެ.

ގުންޖަން އަކީ އިންޑިއާއިން ދޭ "ޝައުރްޔާ ވީރު" އެވޯޑް ހާސިލް ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ. އެއީ އިންޑިއާގައި ކުރިއަށް ދިޔަ ކާގިލް ވޯ ގައި ހަރަކާތްތެރިވި ފަރާތްތަކަށް ދިން ޝަރަފެކެވެ. ގުންޖަން އަކީ 1995 ވަނަ އަހަރު އިންޑިއާގެ އެއާ ފޯސް އޮފިސަރުންނަށް ފުރަތަމަ އެކުލަވާލި 25 އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.